ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކޮމިއުނިޓީ ފަންޑުގެ ދަށުން ށ. ޅައިމަގުގައި ކޮމިއުނިޓީ ބީޗް ސަރަހައްދެއް ގާއިމުކޮށްފިއެވެ.
ބީއެމްއެލްއިން ގާއިމު ކުރި މި ކޮމިއުނިޓީ ބީޗު ސަރަހައްދުގައި ވަނީ އެތަނަށް ދަތުރުދާ ފަރާތްތަކަށް ޚާއްޞަކޮށްގެން ގިނަ ކަންތައްތަކެއް އިންތިޒާމު ކޮށްފައެވެ.
އެގޮތުން އިށީންނާނެ ޖޯއްޔާއި ބެންޗް ބަހައްޓައި، ބާބަކިއު ހެދޭނެ އިންތިޒާމްގެ އިތުރުން ހަޓުތައް ވެސް ވަނީ ހަދާފައެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ޅައިމަގުގައި ޤާއިމު ކުރި ކޮމިއުނިޓީ ބީޗް ސަރަހައްދުގައި ބާބަކިއު ހަދަނީ -- ފޮޓޯ/ ބީއެމްއެލް
މީގެ އިތުރުން އެތަން ރޭގަނޑު ވެސް ބޭނުން ކުރެވޭ ގޮތަށް އިޔާދަކުރަނިވި ހަކަތައިން ދިއްލޭ ބޮކި ވަނީ ހަރުކޮށްފައެވެ.
ބީއެމްއެލް ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޓަކައި ހުޅުވާލާފައިވާ ފަންޑެކެވެ.
މި ފަންޑުގެ ދަށުން މިހާތަނަށް 60އަށް ވުރެ ގިނަ ޕްރޮޖެކްޓު ހިންގަން ފައިސާގެ އެހީ ވަނީ ފޯރުކޮށްދީފައެވެ.