ހިޔާ ފްލެޓުގައި ވިލާ މާޓްގެ ފިހާރައެއް ހުޅުވައިފި

ހިޔާ ފްލެޓްގެ ޓަވަރު 14 ގައި ހުޅުވާފައިވާ ވިލާ މާޓް ފިހާރަ: ކާބޯތަކެއްޗާއި ތައްޔާރީ ކާނާގެ އިތުރުން ރީތިވާ ސާމާނާއި ގޭތެރޭގައި އާންމުކޮށް ބޭނުންކުރާ ގިނަ ސާމާނު އެ ފިހާރައިން ލިބޭ --- ސަން ފޮޓޯ/ މުހަންމަދު ހައްޔާން

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގާއިމްކޮށްފައިވާ ހިޔާ ފްލެޓެއްގައި ވިލާ މާޓްގެ ފިހާރައެއް ހުޅުވައިފިއެވެ.

ވިލާ ޓްރޭޑިންގެ ދަށުން ހިންގާ "ވިލާ މާޓު" ސުޕަމާޓް ޗެއިނުގެ ހަތަރުވަނަ ފިހާރަ ހުޅުވާފައި ވަނީ ހިޔާ ފްލެޓުގެ ޓަވަރު 14ގައެވެ.

ހިޔާ ފްލެޓް ހިމެނޭ ސަރަހައްދުގައި ވިލާ ޗެއިންގެ މާޓެއް ހުޅުވުމުގެ ބޭނުމަކީ މާލެއަށް ފަހު އެންމެ އާބާދީ ބޮޑު އަދި އެންމެ ހަލުވިކޮށް ކުރިއަރަމުން އަންނަ ތަނަކީ ހުޅުމާލެކަމަށް ވާތީކަމަށް ވިލާ ކުންފުނިން ބުންޏެވެ.

"ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ މީހުންގެ ތެރެއިން، އެ ސަރަހައްދުގައި ތަކެތި ބައްލަވައިގަންނަވަން ބޭނުންވާ ކަސްޓަމަރުންނަށް ވީހާ ވެސް ކައިރިން، ފަސޭހަކަމާ އެކު ޚިދުމަތް ދިނުމަކީ އަޅުގަނޑުމެންގެ އަމާޒު،" ވިލާ ޓްރޭޑިންގެ އޮފިޝަލަކު ވިދާޅުވިއެވެ.

ހިޔާ ފްލެޓްގެ ޓަވަރު 14 ގައި ހުޅުވާފައިވާ ވިލާ މާޓް ފިހާރަ: ކާބޯތަކެއްޗާއި ތައްޔާރީ ކާނާގެ އިތުރުން ރީތިވާ ސާމާނާއި ގޭތެރޭގައި އާންމުކޮށް ބޭނުންކުރާ ގިނަ ސާމާނު އެ ފިހާރައިން ލިބޭ --- ސަން ފޮޓޯ/ މުހަންމަދު ހައްޔާން

އެ ފިހާރައިން ކާބޯތަކެއްޗާއި ތައްޔާރީ ކާނާގެ އިތުރުން ރީތިވާ ސާމާނާއި ގޭތެރޭގައި އާންމުކޮށް ބޭނުންކުރާ ގިނަ ސާމާނު ލިބޭނެއެވެ. ވިލާ މާޓުގެ އެހެން ފިހާރަތަކެކޭ އެއް ފަދައިން އެ ފިހާރައިން ވެސް ކޮލިޓީ އުފެއްދުންތައް ހެޔޮ އަގުތަކުގައި ލިބޭނެއެވެ. އޭގެ އިތުރުން ޑެލިވަރީ ވެސް ކޮށްދެއެވެ.

"ވިލާމާޓުން ލިބޭ ހުރިހާ ސާމާނެއް ވިލާމާޓު.އެމްވީ ވެބްސައިޓާއި އެޕް މެދުވެރިކޮށް އޯޑަރު ކުރުމުން މާލެ، ހުޅުމާލެ ފޭސް 1 ، ފޭސް 2 އަދި އަތޮޅުތަކަށް ދަތުރުކުރާ ބޯޓުތަކަށް ވެސް ޑެލިވަރީ ކޮށްދޭނެ،" ވިލާ ޓްރޭޑިންގެ އޮފިޝަލް ވިދާޅުވިއެވެ.

ހިޔާ ފްލެޓްގެ ޓަވަރު 14 ގައި ހުޅުވާފައިވާ ވިލާ މާޓް ފިހާރަ: ކާބޯތަކެއްޗާއި ތައްޔާރީ ކާނާގެ އިތުރުން ރީތިވާ ސާމާނާއި ގޭތެރޭގައި އާންމުކޮށް ބޭނުންކުރާ ގިނަ ސާމާނު އެ ފިހާރައިން ލިބޭ --- ސަން ފޮޓޯ/ މުހަންމަދު ހައްޔާން

މި ޚިދުމަތުގެ އިތުރުން ވިލާ މާޓު ހަތަރެއްގައި އެކްސްޕްރެސް ކިއު އެއް ހެދުމަށް ވަނީ ހަމަޖެހިފަވެއެވެ. އަދި އެކިއުއިން މަދު އަދަދެއްގައި އެއްޗެހި ބައްލަވައިގަންނަވާ ކަސްޓަމަރުންނަށް އަވަސް ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވިލާ ޓްރޭޑިންއިން ބުންޏެވެ.

ވިލާ މާޓުގެ ފިހާރަތަކަށް މިހާރު ވެސް އާންމުންގެ ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ. އެ ފިހާރައިގެ އިތުރުން، ވިލާ މާޓު ފިހާރަތަކަށް އިތުރުވި ވިލާ މާޓު – 3 ހުންނަނީ ގ. ފަތުރުވެހި، ރެހެންދި މަގުގައެވެ. ވިލާ މާޓު –2 ހުންނަނީ މއ. ކަޝިޝް، މަޖީދީ މަގުގައެވެ. އަދި ވިލާ މާޓު 1 ހުންނަނީ މ. ސްޓާ ބިލްޑިން، ފަރީދީ މަގުގައެވެ.

comment ކޮމެންޓް