އެއާކާގޯ މެދުވެރިކޮށް ރާއްޖެ އެތެރެކުރި ތިން މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.
އެކަމާ ގުޅިގެން ކަސްޓަމްސްއިން ބުނީ އެ ތަކެތި އަތުލައިގަނެވިފައިވަނީ، މިދިޔަ ހަފުތާގެ ބުދަ ދުވަހު ރާއްޖެ ގެނެސްފައިވާ ޕާރުސަލްތަކެއްގައި ހުރި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ބަލައިފާސްކުރުމުގެ ތެރޭގައިކަމަށެވެ.
"ޕާރްސަލްގެ ތެރެއިން ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފުރަތަމަ މަރުހަލާގައި ތަޙުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އެމްޑީއެމްއޭ އަށް ވަނީ ޕޮޒިޓިވް ވެފައެވެ،" ކަސްޓަމްސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
ބަރުދަނުގައި 1.115 ކިލޯ ހުރި އެތަކެތި މިހާރު މޯލްޑިވްސް ޕޮލިސް ސާވިސް އާ ހަވާލުކުރެވިފައިވާކަމަށް ކަސްޓަމްސް އިން ބުންޏެވެ.