ސުންދުސްގެ އައު ފިހާރައެއް ހުޅުމާލޭގައި ހުޅުވައިފި

ހުޅުމާލޭގައި އަލަށް ހުޅުވި ސުންދުސްގެ ފިހާރަ --- ސަންފޮޓޯ/ ނާއިލް ހުސައިން

އަންހެނުންގެ އަންނައުނާއި ގަހަނާއަށް ޚާއްޞަ "ސުންދުސް"ގެ އައު ފިހާރައެއް ހުޅުމާލޭގައި ހުޅުވައިފިއެވެ.

މިމަހުގެ އެއްވަނަ ދުވަހު ހުޅުވި މި ފިހާރަ ހުންނަނީ ހުޅުމާލޭ ހިތިގަސްމަގުގައި، ދުވާ ޓްރެކް ކައިރީގައެވެ.

ހުޅުމާލޭގައި އަލަށް ހުޅުވި ސުންދުސްގެ ފިހާރަ --- ސަންފޮޓޯ/ ނާއިލް ހުސައިން

މާލޭގެ މަޖީދީ މަގުގައި ހުންނަ ސުންދުސް ފިހާރައެކޭ އެއްގޮތަށް، ހުޅުމާލޭގައި އަލަށް ހުޅުވި ފިހާރައިން ވެސް، އަބާޔާއާއި، ހެދުން ފަހާ ފޮތީގެ ގިނަ ވައްތަރުތަކެއް ލިބެން ހުރެއެވެ.

މާލޭގައި ހުންނަ ސުންދުސްގެ ފިހާރަ --- ސަންފޮޓޯ/ ނާއިލް ހުސައިން

މީގެ އިތުރުން ރިހީގެ އެކި އުފެއްދުންތަކާއި، ތަފާތު އެކި ބާވަތްތަކުގެ ބުރުގާ ވެސް ލިބެން ހުރެއެވެ.

ހުޅުމާލޭގައި އަލަށް ހުޅުވި ސުންދުސްގެ ފިހާރަ --- ސަންފޮޓޯ/ ނާއިލް ހުސައިން

ހުޅުމާލޭގައި ސުންދުސްގެ ފިހާރައެއް ހުޅުވާފައި މިވަނީ މާލޭގައި ހުޅުވި ފިހާރައަށް އެއް އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެންނެވެ.

comment ކޮމެންޓް