އެސްޓީއޯގެ ބޯޑަށް ކުރިމަތިލުމަށް ހުޅުވާލައިފި

އެސްޓީއޯ--

އެސްޓީއޯގެ އާންމު ހިއްސާދާރުންގެ ފަރާތުން އެ ކުންފުނީގެ ބޯޑަށް ކުރިމަތިލުމަށް އިއްޔެ ހުޅުވާލައިފިއެވެ.

އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ ނިޔަލަށެވެ.

އެސްޓީއޯއިން ބުނީ އެ ކުންފުނީގެ ހުރިހާ ޑިރެކްޓަރުންނަކީ ވެސް ވިޔަފާރި އާއި ހިންގުމުގެ ދާއިރާއިން ތަޖުރިބާ ހާސިލްކޮށްފައިވާ މީހުންނަށް ވާން ޖެހޭނެ ކަމަށެވެ.

މީގެ އިތުރުން، ކޯޕަރޭޓް ގަވަނެންސް ކޯޑުގައި ބާރުއަޅާފައިވާ ފަދައިން، ވީހާވެސް ގިނަ އަންހެނުން މި މަގާމަށް ކުރިމަތިލުމަކީ އެ ކުންފުނިން އެދޭ ކަމެއް ކަމަށް ވެސް އެސްޓީއޯއިން ބުންޏެވެ.

ބޯޑު މެންބަރުކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ކަންކަމުގެ ގޮތުގައި އެސްޓީއޯއިން ވަނީ 18 ޝަރުތެއް ކަނޑައަޅާފައެވެ.

ބޯޑު މެންބަރު ހޮވުމަށް ބާއްވާ އިންތިޚާބުގައި ވާދަކުރެވޭނީ މި ޝަރުތުތައް ފުރިހަމަވާ މީހުންނަށެވެ.

އެސްޓީއޯގެ ބޯޑު އެކުލެވިގެން ވަނީ ސަރުކާރުން ކަނޑައަޅާ ހަ ޑިރެކްޓަރުންނާއި، އާންމު ހިއްސާދާރުން އިންތިޚާބުކުރާ އެއް ޑިރެކްޓަރުގެ މައްޗަށެވެ.

comment ކޮމެންޓް