ގަންނަމާޓް: މިއީ އޮންލައިން ކަންމަތީ ފިހާރައެއް

ގަންނަ މާޓް -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ގިނަ ބަޔަކު ގަންނަމާޓް ދަންނަނީ ބުރުޒުމަގުގައި ހުންނަ ފިހާރައެއްގެ ގޮތުގައެވެ. ނަމަވެސް އެ ފިހާރައިގެ މޯބައިލް އެޕް ތައާރަފުކުރުމާއެކު، މިހާރު ގަންނަމާޓް ވެފައި ވަނީ އިނގިލިކުރިއާ ހިސާބަށް ކައިރިވެފައިވާ ކަންމަތީ ފިހާރައަކަށެވެ.

ގަންނަ މާޓް އެޕުން، އާންމުކޮށް ކަންމަތީ ފިހާރައަކުން ލިބެން ހުންނަ ހުރިހާ އެއްޗެއް ފަސޭހަކަމާއެކު ލިބޭނެއެވެ. އެގޮތުން، ތާޒާ މޭވާއާއި ތަރުކާރީ، އެކި ވައްތަރުގެ ކާބޯތަކެތި، ރީތިވާ ސާމާނު، އަދިވެސް އާންމު ދިރިއުޅުމަށް ބޭނުންވާ ގިނަ ސާމާނު އާންމު އަގުގައި ލިބެން ހުންނާނެއެވެ.

މި އެޕުން ވިޔަފާރިކުރުމުގައި އެންމެ ފަސޭހަކަމަކީ މާލެއާއި، ހުޅުމާލެއަށް ހިލޭ ޑެލިވަރީގެ ޚިދުމަތް ލިބުމެވެ. ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށާއި، ވިލިމާލެއަށް ވެސް ކުޑަ ފީއަކާއެކު ޑެލިވަރީ ކުރެވޭނެއެވެ. އަދި، ކަނޑައެޅިފައިވާ ވަގުތުގެ ތެރޭ އެއްވެސް ލަސްވުމެއް ނެތި ސާމާނު ފޯރުކޮށްދޭނެއެވެ.

ގަންނަ މާޓް އެޕް ---

ގަންނަމާޓް އެޕުން އެއްޗެއް އޯޑަރު ކުރާއިރު ޑެލިވަރީއަށް ތިން ގަޑިއެއްގެ ތެރެއިން ގަޑިއެއް އިޚްތިޔާރުކުރުމުގެ ފުރުސަތު ލިބެއެވެ. އެ ގަޑިތަކަކީ:

  • މެންދުރު 11:00އިން 12:00އާ ދެމެދު
  • މެންދުރު ފަހު 2:00އިން 3:00އާ ދެމެދު
  • ރޭގަނޑު 9:00އިން 11:00އާ ދެމެދު

މާލޭ ބަނދަރުގައި އޮންނަ ބޯޓުތަކަށް ވެސް ގަންނަމާޓުން ޑެލިވަރީގެ ޚިދުމަތް ދޭތީ، އެއީ ރަށްރަށުން އާންމުކޮށް ލިބެން ނުހުންނަ މުދާ ހޯދުމަށް ފަސޭހައަކަށް ވެގެންދާނެއެވެ.

ގަންނަމާޓް އެޕްލިކޭޝަން ޕްލޭ ސްޓޯރުންނާއި އެޕް ސްޓޯރުން ޑައުންލޯޑު ކުރެވެން ހުރިއިރު ވައިބާ މެދުވެރިކޮށް ވެސް ތަކެތި އޯޑަރު ކުރެވޭނެއެވެ.

comment ކޮމެންޓް