ޔޫކްރޭނުން ޗައިނާގެ އެހީއަށް އެދެފި

ޔޫކްރޭނުގެ ފޮރިން މިނިސްޓަރު ޑިމިޓްރޯ ކުލެބާ

ޔޫކްރޭނުން ޗައިނާގެ އެހީތެރިކަމަށް އެދެފިއެވެ.

އިއްޔެ ޔޫކްރޭނުގެ ފޮރިން މިނިސްޓަރު ޑިމިޓްރޯ ކުލެބާ ވަނީ ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީ އާ ފޯނުން ވާހަކަދައްވައިފައެވެ.

އެ ވާހަކަފުޅުތަކުގެ ތެރެއިން ކުލެބާ ވަނީ، ރަޝިއާއިން ޔޫކްރޭނާ ދެކޮޅަށް ކުރިއަށްގެންދާ އަސްކަރީ ހަރަކާތްތައް ހުއްޓާލުމަށް ރަޝިއާއާ ވާހަކަދެއްކެވުމަށް އެދިވަޑައިގެންފައެވެ.

ހަމައެއާއެކު، ޗައިނާއާއި ރަޝިއާގެ ގުޅުމުގެ ބޭނުން ހިފައި، ރަޝިއާގެ "މިލިޓަރީ އޮޕަރޭޝަން" ނިމުމަކަށް ގެނައުމަށް މަސައްކަތްކޮށްދެއްވުމަށް ޗައިނާގެ މިނިސްޓަރުގެ އަރިހުގައި ކުލެބާ ވަނީ އެދިވަޑައިގެންފައެވެ.

ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީ ވަނީ ޑިޕްލޮމެސީގެ ނިވަލުގައި ހަނގުރާމަ ނިމުމަކަށް ގެނައުމަށް މަސައްކަތް ކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ. އަދި ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޑިޕްލޮމެޓިކްކޮށް ކުރެވެން އޮތް ކޮންމެ ކަމެއްވެސް ކުރުމަށް ޗައިނާ އޮތީ ތައްޔާރަށްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޗައިނާއާއި ރަޝިއާއަކީ ގާތް ގުޅުމެއް އޮންނަ ދެ ގައުމެވެ. ޗައިނާއިން ވަނީ ރަޝިއާގެ ސެކިއުރިޓީ ޑިމާންްޑުތަައް އަޑު އަހަން ޖެހޭ ކަމަށް މީގެ ކުރިންވެސް ބުނެފައެވެ.

މީގެ އިތުރުން، ވާހަކަދައްކައިގެން މައްސަލަތައް ހައްލުކުރުމަށް ޗައިނާއިން ވަނީ އެތައް ފަހަރެއްގެ މަތިން އެދިފައެވެ.

comment ކޮމެންޓް