ރަޝިއާގެ ނިއުކްލިއާ ފައުޖު ހައި އެލާޓަށް

ރަޝިއާގެ ރައީސް ލަޑިމިޔާ ޕޫޓިން

ރަޝިއާގެ ނިއުކްލިއާ ފައުޖު ހައި އެލާޓަށް ގެނައުމަށް އެ ގައުމުގެ ރައީސް ޕޫޓިން އަމުރުކުރައްވައިފިއެވެ.

ޕޫޓިންގެ މި ނިންމެވުމާ ދެކޮޅަށް ހުޅަނގުގެ ގިނަ ގައުމުތަކުން ވަނީ އަޑުއުފުލާފައެވެ.

އެގޮތުން އެމެރިކާއިން ވަނީ މިއީ ނުރައްކާތެރި ބުނުމެއްގެ ގޮތުގައި ސިފަކޮށްފައެވެ.

މުޅި ހުޅަނގު ޔޫކްރެއިނާއެކު މަސައްކަތްކުރަމުންދާއިރު، ޕޫޓިންގެ މި އަމުރާއެކު އެމެރިކާއިން ވަނީ އިތުރު ފިޔަވަޅުތައް ރަޝިއާއާ ދެކޮޅަށް އެޅުމަށް ނިންމާފައެވެ.

ޔޫރަޕުގެ އިއްތިހާދުގެ 27 ގައުމަކުން ފުރަތަމަ ފަހަރަށް ހަނގުރާމައެއްގައި އޮތް ގައުމަކަށް ހަތިޔާރު ފޯރުކޮށްދޭން ވަނީ ނިންމާފައެވެ. އެގޮތުން 450 މިލިއަން ޔޫރޯގެ ވެޕަންރީ ޔޫކްރެއިނަށް ފޮނުވާނެކަމަށް އެ އިއްތިހާދުން ވަނީ ބުނެފައެވެ.

ޕޫޓިން ރަޝިއާގެ ނިއުކްލިއާ ފައުޖު ހައި އެލާޓަށް ގެންނަން ނިންމެވި ނަމަވެސް ނިއުކްލިއާ ހަނގުރާމައެއް ކުރުމުގެ ވިސްނުމެއް ގެންގުޅޭކަން ފާހަގައެއް ނުކުރެވެއެވެ.

ނަމަވެސް ނިއުކްލިއާ ފައުޖު އެލާޓަށް ގެނައީ މުޅި ނޭޓޯ އާ ދެކޮޅަށްކަމަށް މަސްރަހު ދިރާސާކުރާ ތަޖުރިބާކާރުން ވިދާޅުވެއެވެ.

comment ކޮމެންޓް