އަންނަ މަހުގެ ކުރީކޮޅު ހިޔާ ފްލެޓް ސަރަހައްދުގެ މަގުތަކުގައި ތާރު އަޅައި ނިންމާލަނީ

ހިޔާ ފްލެޓް ސަރަހައްދު މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ކުރަމުން ދަނީ --- ފޮޓޯ: އެޗްޑީސީ

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓްތައް ހުންނަ ސަރަހައްދުގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް އަންނަ މަހުގެ ކުރީކޮޅު ނިންމާލެވޭނެ ކަމަށް ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

އެޗްޑީސީއިން ބުނީ, ހިޔާ ސަރަހައްދުގެ މަގުހެދުމުގެ މަސައްކަތުގެ ތެރެއިން ތާރުއެޅުމުގެ މަސައްކަތް ދަނީ ބާރަށް ކުރިއަށް ކަމަށާއި ކުރިއަށް އޮތް 15 ދުވަހުގެ ތެރޭގައި އެ ސަރަހައްދުގެ ހުރިހާ މަގެއްގައި ތާރުއަޅައި، އާންމުންނަށް ބޭނުންކުރެވޭގޮތަށް މަގުތައް ހުޅުވާލާނެ ކަމަށެވެ.

"މިމަސައްކަތް ކުރަމުންދާއިރު ދިމާވެދާނެ ނުރައްކަލަކަށް އެންމެހައި ބޭފުޅުންވެސް ސަމާލުވުމަކީ މިކޯޕަރޭޝަނުގެ ވަރަށްބޮޑު އެދުމެއް," އެޗްޑީސީން ބުންޏެވެ.

ހިޔާ ފްލެޓް ސަރަހައްދުގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ މެދު ތެރޭގައެވެ. އަދި ނޮވެމްބަރު މަހު އެ މަސައްކަތް އެއްކޮށް ނިންމާލުމަށް އޭރު އަމާޒުހިފި ނަމަވެސް މަސައްކަތް ނުނިމި ވަނީ ދިގުލައިގެން ގޮސްފައެވެ.

އެ ސަރަހައްދުގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ކުރަމުންދަނީ އިންޑިއާގެ އެއް ލީޑިން އެކްސްޕޯޓް ކުންފުނި ކަމަށްވާ މޯހަން މުތާއިންނެވެ.

ފްލެޓް ސަރަހައްދުގެ މަގުތަކުގައި ތާރު ނާޅައި ހުރުމުން ވައި ގަދަވާއިރު ހިރަފުހާއި ވެލި، މުޅި ސަރަހައްދުގައި އެނބުރުމުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ މީހުނަށާއި ހިނގާބިގާވެ އަދި ވެހިކަލްތަކުގައި ދުއްވާފައިދާ މީހުނަށް ވެސް އެކަމުގެ ސަބަބުން އުނދަގޫވާ ކަމުގެ ޝަކުވާ ވަނީ ބޮޑުވެފައެވެ.

comment ކޮމެންޓް