ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެއާ ޓްރެފިކް މޫވްމަންޓަށް އާ ރެކޯޑެއް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެއާ ޓްރެފިކް މޫވްމަންޓަށް އާ ރެކޯޑެއް ހަދައިފިއެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީން މިއަދު ބުނެފައި ވަނީ، މަތިންދާބޯޓު އައުމާއި ދިއުމުގައި އާ ރިކޯޑެއް އިއްޔެ ހަދާފައިވާ ކަމަށެވެ.

އިއްޔެ އެއާ ޓްރެފިކް މޫވްމަންޓްގެ ޖުމްލަ އަދަދަކީ 839 ކަމަށް އެއާޕޯޓްސް ކޮމްޕެނީން ބުންޏެވެ. އޭގެ ތެރޭގައި ހިމެނެނީ 629 ސީޕްލޭނާއި ރަންވޭއަށް ޖެއްސި 210 މަތިންދާބޯޓެވެ.


މި ރެކޯޑް ގާއިމު ކުރެވުމާ ހަމައަށް، އެއާ ޓްރެފިކް މޫވްމަންޓް އެންމެ ގިނައީ މިދިޔަ ޖެނުއަރީ މަހުގެ ދެވަނަ ދުވަހެވެ.

އެ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެއާ ޓްރެފިކް މޫވްމަންޓް ރެކޯޑަކީ 826 އެވެ. އޭގެ ތެރޭގައި ހިމެނެނީ 593 ސީޕްލޭނާއި ރަންވޭއަށް ޖެއްސި 233 މަތިންދާ ބޯޓެވެ.

comment ކޮމެންޓް