ގެއަކުން ވައްކަން ކުރިކަމުގެ ތުހުމަތަށް ދެމީހަކު ހޯދަން ފުލުހުން ވީޑިއޯ އާއްމު ކޮށްފި

ގެއަކުން ވައްކަން ކުރި ކަމުގެ ތުހުމަތަށް ފުލުހުން ހޯދައި ދެމީހުންގެ ތެރެއިން އެކަކު ---

މާލޭގެ ގެއަކުން ވައްކަން ކުރިކަމުގެ ތުހުމަތުގައި ދެމީހަކު ހޯދަން ފުލުހުން ވީޑިއޯ އާއްމު ކޮށްފިއެވެ.

ފުލުހުން އާއްމުކުރި ވީޑިއޯއިން އެންމެ ފުރަތަމަ ފެންނަނީ ފެހި ކުލައިގެ ގަމީހެއް ލައިގެން ހުރި މީހެއްގެ ކޮނޑަށް މައިލޯ ދަޅު ކޭހެއް ކަމަށް ބެލެވޭ އެއްޗެއް ލައިގެން ޕޭވްމެންޓް މަތީން ހިނގާފައި އަންނަ މަންޒަރެވެ.

އެއަށްފަހު ދެން ފެންނަނީ އެ މީހާގެ ފަހަތުން، މެރޫން ކުލައިގެ ފަޓްލޫނަކާއި މަޑު ނޫ ކުލައިގެ ގަމީހެއް ލައިގެން ހުރި މީހަކު ހިނގާފައިދާ މަންޒަރެވެ.

ފުލުހުން ބުނީ ވީޑިއޯއިން ފެންނަ ދެ މީހުންނަކީ ޑިސެމްބަރު 20، 2021 ވަނަ ދުވަހުގެ ވަގުތެއްގައި މ. ރެއްޗަފަރު ގެއިން ވައްކަންކޮށްފައިވާ ކަމުގެ ތުހުމަތުގައި މާފަންނު ޕޮލިސްސްޓޭޝަނުން ކުރަމުން އަންނަ ތަހުގީގަށް ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މަސައްކަތުން ކާކުކަން ދެނެގަނެވިފައިނުވާތީ ނުހޯދިފައިވާ ދެމީހުން ކަމަށެވެ.

ގެއަކުން ވައްކަން ކުރި ކަމުގެ ތުހުމަތަށް ފުލުހުން ހޯދައި ދެމީހުންގެ ތެރެއިން މީހެއް ---

އެހެންކަމުން ވީޑިއޯއިން ފެންނަ ދެމީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ މާފަންނު ޕޮލިސްސްޓޭޝަންގެ ނަންބަރު 9660183އަށް ގުޅައި އެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދެއެވެ.

comment ކޮމެންޓް