ފުލުހުންގެ ބޮޑީ ވޯން ކެމެރާ އިފްތިތާހުކޮށްފި

ފުލުހުންގެ ބޮޑީ ވޯން ކެމެރާ މިއަދު އިފްތިތާހުކޮށްފިއެވެ.

ބޮޑީ ވޯން ކެމެރާ އިފްތިތާހު ކުރުމަށް އިސްކަންދަރު ކޮށީގައި މިވަގުތު ކުރިއަށްދާ ރަސްމިއްޔާތުގައި ބޮޑީ ވޯން ކެމެރާ އިފްތިތާހުކޮށްދެއްވީ މިނިސްޓާ އޮފް އެންވައިރަންމެންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އައިމިނަތު ޝައުނާއެވެ.

ފުލުހުންގެ މަސައްކަތަށް ބޮޑީ ވޯން ކެމެރާ އިތުރުކޮށް، ޓެސްޓުކުރުމަށް 2019 ވަނަ އަހަރުގެ ފެބުރުއަރީ މަހު ވަނީ ޕައިލެޓް ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައެވެ. ނަމަވެސް މީގެ ކުރިން ފުލުހުން ބޮޑީ ވޯން ކެމެރާ ބޭނުން ކޮށްފައެއް ނުވެއެވެ.

ފްރަންޓް ލައިންގައި މަސައްކަތް ކުރާ ބައެއް ފުލުހުންގެ ގައިގައި ކެމެރާ ހަރުކޮށް، 2019 ވަނަ އަހަރު އެ ޓެކްނޮލޮޖީ ޓެސްޓު ކުރިއެވެ.

އޭރު ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ ބޮޑީ ކެމެރާގެ ސަބަބުން ފުލުހުންގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރެވޭނެ ކަމަށެވެ. އެގޮތުން އެއީ ފުލުހުންގެ މިސްކޮންޑަކްޓާ ގުޅޭ ޝަކުވާތައް ލިބޭ މިންވަރު މަދުކޮށް، ރައްޔިތުން ފުލުހުންނަށް ކުރާ އިތުބާރު ބޮޑުކޮށްދޭނެ ވަސީލަތެއްކަން ސާބިތުވެފައިވާ ކަމަށް ހަމީދު ވިދާޅުވިއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް