ރަވީއާއި ރިޝްމީ ވަރިވެއްޖެ

ދިވެހި ފިލްމު "ވިޝްކާ" ޕްރިމިއާ ކުރުމަށް ބޭއްވި ހަފްލާ ފެށުމުގެ ކުރިން ރިޝްމީ އާއި ރަވީ ސެލްފީ ނަގަނީ ---- ފޮޓޯ: މުހައްމަދު ޝަރުހާން

މަޝްހޫރު ފިލްމީ ތަރިންކަމަށްވާ ރަވީ ފާރޫގާއި އައިޝަތު ރިޝްމީ ވަރިވެއްޖެއެވެ.

އެ ދެތަރިންގެ ކައިވެނި ނިމުމަކަށް ގެނެސްފައިވާކަން ހާމަކޮށްފައިވަނީ ރިޝްމީ މިރޭ އޭނާގެ އިންސްޓަގްރާމުގައި ކުރި ޕޯސްޓެއްގައެވެ.

ރިޝްމީ ލިޔެފައިވަނީ ދެ މީހުން އެކުގައި ހޭދަކުރެވުނު ދުވަސްތަކުގައި އުފަލާއި ހިތާމަ ތަޖުރިބާ ދެ މީހުން ވެސް ތަޖުރިބާ ކުރި ކަމަށެވެ. އަދި ފުރާނަ ކިރިޔާ ސަލާމަތްވި ނުރައްކާތެރި ދެ އެކްސިޑެންޓަކާ ދެމީހުން އެކުގައި ކުރިމަތިލައި، އެކަމުން އެކުގައި އަރައިގެން ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

އޭގެ ތެރެއިން އެއް ހާދިސާއަކީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ފަހުކޮޅު ކަނޑުމަތީގައި ހިނގި ހާދިސާއެކެވެ. އެ ހާދިސާގައި އަންހެނަކާއި އޭނާގެ ކުޑަ ދަރިފުޅު ނިޔާވިއެވެ.

"އެކަމަކު މިދިޔަ ދެ އަހަރު ތެރޭގައި ދެ މީހުން ދެމެދުގައި ވަރަށް ގިނަ ކަންކަން ހިނގައިފި. އަދި ދެ މީހުން ވެސް ވަރަށް ބޮޑަށް ބަދަލުވެއްޖެ،" ރިޝްމީ ލިޔެފައިވެއެވެ.

ރިޝްމީ ބުނެފައިވަނީ އެ މުއްދަތުގައި ދިމާވި ކަންތައްތަކުގެ ސަބަބުން އެންމެ ރަނގަޅު ގޮތަކީ ދެ މީހުން ވަކިވުން ކަމުގައި ފެންނަ ކަމަށެވެ. އަދި އެ ނިންމުން ނިންމީ ވެސް އެހެންވެ ކަމުގައި އޭނާ ބުނެފައިވެއެވެ.

"މުސްތަގުބަލުގައި އަހަރެމެން ދެ މީހުން އެކުވެރިންގެ ގޮތުގައި ތިބެވޭނެކަމަށް އަހަރެން އުންމީދު ކުރަން،" ރިޝްމީ ލިޔެފައިވެއެވެ.

ރަވީއާއި ރިޝްމީ ކައިވެނި ކުރީ މީގެ ދެ އަހަރު ކުރިން 2019ވަނަ އަހަރުގެ މާޗް މަހުގެ ފަސްވަނަ ދުވަހުއެވެ.

comment ކޮމެންޓް

comment ނިކްހާ

3 year 2 month ago

ތީވާވާރު.. ދެން އިނދޭ އަނެއްކާވެސް އަޒޭއާ. އަހަރެމެން ކުރީ އެރޭންޖްޑް މެރިޖެއް. ކައިވެންޏަށް 10 އަހަރުވެއްޖެ މިހާރު ދެބަސްވިޔަސް ވަރިފަށަށް އަރާވަރު ކަމެއްނުވޭ. 3 ދަރިން އެބަތިބި (ތި ވާހަކަތައް ނުދައްކާ ﷲ ޝުކުރުކޮށްގެން ހުރުން މޮޅު އިތުރުވެގެން ވަނީ... ދެރައެއް ލިބޭ ފަރާތްތަކަށް އެއަށްވުރެވެސް ރަގަޅު ގޮތެއްވުމަށް އެދި ދުޢާކޮށްދީ)

comment ޖަންތަ

3 year 2 month ago

ކޮވިޑު ވަރިއެއްތަ. ޓެސްޓު ކުރީމަ އެނގޭނީ

comment ނަށީ

3 year 2 month ago

ހުވާގެ ރަވީގެ ބަޔަށް އަނބުރާ ރަވީގެނޭދެން މުއާ އާ ގުޅޭބައެއްނޫން އެއީ

comment މަހޭ

3 year 2 month ago

ތީވާވާރު.. ދެން އިނދޭ އަނެއްކާވެސް އަޒޭއާ. އަހަރެމެން ކުރީ އެރޭންޖްޑް މެރިޖެއް. ކައިވެންޏަށް 10 އަހަރުވެއްޖެ މިހާރު ދެބަސްވިޔަސް ވަރިފަށަށް އަރާވަރު ކަމެއްނުވޭ. 3 ދަރިން އެބަތިބި