Dhiraagu
Ooredoo

ދޫނިތައް މެރުމަށްފަހު ދެއްކީ ކިނބޫގެ ވާހަކަ، ދިފާއަކަށް ފުދޭތަ؟

ކުޑަކުދިންގެ ބަގީޗާގައި އޮތް ކިނބޫ --

ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެކުރި ކަމަށް ބުނެ 120 ދޫނި މަރާލި މައްސަލައިގައި ސަރުކާރާއި އިދާރާތަކަށް ފާޑު ކިޔުން އަމާޒުވެފައިވަނިކޮށް، ކުޑަކުދިންގެ ބަގީޗާގައި އޮތް ކިނބޫ މަރާލި މައްސަލައިގައި މަޖިލީހުގެ އެމްޑީޕީ މެންބަރުން, ކުރީގެ ސަރުކާރަށް ފާޑުކިޔައިފިއެވެ.

Ooredoo

ފިޝަރީސް މިނިސްޓްރީން ދޫނިތައް މަރާލި މައްސަލައިގައި ގިނަ ބަޔަކު ދަނީ އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އޭގެ ތެރޭގައި ތިމާވެށީގެ ހިމާޔަތުގައި މަސައްކަތް ކުރާ މީހުންގެ އިތުރުން ގިނަ އަދަދެއްގެ އާއްމުން ވެސް ހިމެނެއެވެ.

މިހާރު ގަވާއިދުތައް ބުނާގޮތުން ރާއްޖެ އެތެރެ ކުރުން މަނާ ތަކެތި ނައްތާލުމަށް ކަމާ ބެހޭ މުއައްސަސާތަކަށް ގިނަ ބާރުތަކެއް ލިބިފައިވެއެވެ. އޭގެ ތެރޭގައި އެފަދަ ދިރޭ ތަކެތި މަރާލުމުގެ ހުއްދަ ވެސް އޮވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނެތި ދިއުމުގެ ބިރު ހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލްއަގްވާމީ ވިޔަފާރި ކުރުމުގެ ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށް ދިޔައިރު، ގިނަ މެންބަރުން ވަނީ ދޫނިތައް މަރާލި މައްސަލައިގައި ކަމާ ބެހޭ އިދާރާތަކަށް ފާޑުކިޔައި، އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

އެހެންނަމަވެސް ސަރުކާރު ހިންގާ އެމްޑީޕީ މެންބަރުން ވަނީ ދޫނި މަރާލި މައްސަލައިގައި އިދިކޮޅުން މާ ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުން އަންނަނީ ކީއްވެތޯ ސުވާލުކޮށް، ކިނބޫ މަރާލި މައްސަލައާ އެކަން ގުޅުވައިފައެވެ.

ހޯރަފުށީ ދާއިރާގެ މެންބަރު އަދި މަޖިލީހުގެ އެންވައިރަމެންޓް އެންޑް ކްލައިމެޓް ޗޭންޖު ކޮމިޓީގެ މުގައްރިރު އަހުމަދު ސަލީމް (ސައްލޭ) ވިދާޅުވީ ގާނޫނުގައި އޮތް ނަމަވެސް ދޫނިތައް މަރާލެވޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި އެހެންނަމަވެސް ދިވެހިންގެ ވިސްނުމުގައި ދިރޭ ތަކެތި "މެރުމުގެ" ވިސްނުން ހުންނަނީ ގާނޫނުތައް ނެތިގެން ނޫން ކަމަށެވެ. މިސާލެއްގެ ގޮތުން ސައްލޭ ނެންގެވީ ކުޑަކުދިންގެ ބަގީޗާގައި އޮތް ކިނބުލަށް ވީ ގޮތެވެ.

"އަޅުގަނޑުމެންނަށް ގާނޫނާއި ގަވައިދުތައް ތަންފީޒު ނުކުރެވެނީ، އެކަމުގެ ހެއްކެއްގެ ގޮތުން، އިއްޒަތްތެރި ރައީސް ބައްލަވާ ކުޑަކުދިންގެ ބަގީޗާގައި އޮތް ކިނބުލަށް ވީ ގޮތް،" ސައްލެ ވިދާޅުވިއެވެ.

ރައީސް ޔާމީންގެ އެންގެވުމަކަށް ކިނބޫ މަރާލެވިފައިވާ ކަމަށް ތުހުމަތުކުރައްވައި ސަލީމް ވިދާޅުވީ އެ މައްސަލަ ބަލާނެ ކަމަށް މީގެ ކުރިން ސިފައިން ބުނި ނަމަވެސް މިއަދާ ހަމައަށް ވެސް ބެލިފައިނުވާ ކަމަށެވެ.

ގާނޫނުގައި ޖަނަވާރަކަށް އަނިޔާވެރިވުމަކީ ކުށެއްގެ ގޮތުގައި ކަނޑައަޅައިފައިވާއިރު، އެ އަމަލު ހިންގި މީހުންނަށް އަދަބު ދެވިފައި ނުވަނީ ގާނޫނު ނެތިގެން ނޫން ކަމަށް ވެސް ސަލީމް ވިދާޅުވިއެވެ.

ސަލީމް ދެއްކެވި ވާހަކައަށް ބާރު ދެއްވައި، ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ ވިދާޅުވީ ކުރީ ސަރުކާރުގައި ދިވެހިން އެ ވާހަކަ ދައްކައި، ކަންބޮޑުވުން ފާޅުކޮށްފައިނުވަނީ އެއިރުގެ ވެރިކަމަކީ އަނިޔާވެރި ވެރިކަމަކަށް ވެފައި، އެކަންކަމަށް އިންސާފު ނުލިބޭނެ ކަން އެނގޭތީ ކަމަށެވެ.

"އެއިރު އެ މައްސަލަތައް މައްސަލައަކަށް ނުބައްލަވައި، މިއަދު އެފަދަ މައްސަލަތައް މި ސަރުކާރުގެ މައްސަލައަކަށް ނަގައިގެން މިތާނގައި ފާހަގަކުރާތީ އޭގެ މާނައަކީ އެ އިއްޒަތްތެރި މެންބަރުން ވެސް ގަބޫލުކުރައްވައޭ، ތިމަންނަމެންގެ ސަރުކާރުގައި އެކަންކަމަށް އިންސާފެއް ނުލިބޭނޭ، އެ ކަންކަން ހުއްޓުވައެއް ނުލެވޭނޭ،" ޔައުގޫބް ވިދާޅުވިއެވެ.

ޔައުގޫބް ވިދާޅުވީ މި ސަރުކާރުން އެފަދަ މައްސަލަތަކުގައި ފިޔަވަޅު އަޅާނެ ކަން އިދިކޮޅު މެންބަރުން ވެސް ގަބޫލުކުރައްވާނެ ކަމަށެވެ.

ދޫނިތައް މަރާލުމުގެ ކަންބޮޑުވުން މަޖިލީހުގައި މިއަދު އެންމެ ބޮޑަށް ފާޅު ކުރެއްވި އެއް ބޭފުޅަކީ ސަރުކާރުގެ ފަރާތުން ބިލު ހުށަހެޅުއްވި މަނުކުދޫ ދާއިރާއިގެ މެންބަރު މުހައްމަދު ރާއީއެވެ. ރާއީ ވަނީ ބިލުގެ ބަހުސްގައި ބައިވެރިވެވަޑައިގަންނަވާ ހުރިހާ މެންބަރުން ވެސް އެކަމާ މެދު ކަންބޮޑުވުން ފާޅުކުރެއްވުމަށް އެދިވަޑައިގެންފައެވެ.

އެހެންނަމަވެސް މަޖިލީހުގެ މެންދުރުފަހުގެ ދަންފަޅީގައި ރާއީ ވަނީ ބަހުސް ކުރުމަށް އިތުރު ފުރުސަތަކަށް އެދިވަޑައިގެންފައެވެ. ދެވަނަ ފުރުސަތުގައި ވާހަކަ ދައްކަވަމުން ރާއީ ވެސް ވަނީ ދޫނިތަކުގެ މައްސަލައާ ކިނބޫގެ މައްސަލައާ ގުޅުވައިލާފައެވެ.

ދޫނި މެރި މައްސަލަ ބަލައި ރިޕޯޓެއް ތައްޔާރު ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންގެވިކަން ފާހަގަކުރައްވައި ރާއީ ވިދާޅުވީ އެ ކަމުގެ ސަބަބުން މިފަދަ މައްސަލަތައް ބެލޭނެ ކަމުގެ ވަރަށް ބޮޑު ޔަގީން ކަމެއް ލިބިގެން ގޮސްފި ކަމަށެވެ.

ރާއީ ވިދާޅުވީ ކުރީ ސަރުކާރުން ކިނބޫ "ގެއްލުވައިލައި" ބޮޑު ޖަރީމާއެއް ހިންގައިފައިވާއިރު، މިއަދާ ހަމައަށް ވެސް ކިނބުލަށް ހެދި ގޮތެއް އިދިކޮޅު ފަރާތްތަކަށް ބުނެދެވިފައި ނުވާ ކަމަށެވެ.

"އޭގެ ބަދަލުގައި އަޅުގަނޑުމެންނަށް ފެނިގެން މި ދިޔައީ އަޅުގަނޑުމެންގެ ސަރުކާރުންނާއި ރައީސުލްޖުމްހޫރިއްޔާ އާ ހިސާބުން ވެސް ވަރަށް ހަރުދަނާ ފިޔަވަޅުތަކެއް ނެންގެވިތަން،" ކުރީ ސަރުކާރުން ހިންގި އަމަލަށް ފާޑުވިދާޅުވެ، ރާއީ ވިދާޅުވިއެވެ.

comment ކޮމެންޓް

comment އަލީ

3 year 2 month ago

އިންސާސާގެ ފުރާނައަށް ގެއްލުމެއް ދީފާނެ ދިރޭތަކެތި މެރުން ހުއްދަވާނެ. ދޫނި އެކެޓެގަރީގަ ނުހިމެނޭނެ. އެހެންވީމަ ދޫނި އެއްޗެހި އޭގެ ސަބަބުން އިންސާނާއަށް ގެއްލުމެއް ނެތްހައިހިނދަކު މެރުން ރަނގަޅެއް ނޫން. ތިގާނޫނުތައް އިސްލާހް ކޮށްލެއްވުން އެދުމަކީ.

comment ސަކޫން

3 year 2 month ago

ސައްލެ ހޭދެބައިވިޔަސް ބޮޑުވަރު ތިޔައީ . ކިނބުލަކީ ކިތައްމެ ބޮޑަސް އެންމެ ފުރާނަ އެއް. އެބުނަނީ 500 ފުރާނައިގެ ވާހަކަ .500 އާ 1 އާ އެއްވަރު ކުރީމަ އެގިއްޖެ ކަލެއަކީ ކިޔަވައިގެން ހުއްޓަސް ޖާހިލެއްކަން .މަޖްލިސްގެ މެމްބަރުނކަމަށްވެސް ތަސައްރަފް ނުފުުދޭކަން.

comment ޙަބީބު.

3 year 2 month ago

ކިނބުލަކީ ނުރައްކާތެރި މިނިކާ ޖަނަވާރެއް ވިމާ ސިޔާސީ މިހުން ޖަލުގަހުރި ބޮމާ ފިސްޔޯލަ ގޭގެޔާ ތަންތަނައްލާ ލޯންޗު ގޮއްވާހެދި ވީމާ ކިނބޫ ހަރުފަ ގެންގުޅުމަކީ ކުރަންވާވަރު ކަމެއްނޫން ނަމަވެސް 8 ލައްކަރުފިޔާގެ އަގުހުރި ދޫނިތަކެއް ތިމާވެށީގެ އައްޕަ ހެދިގެން އުޅޭމީހަކު މެރުން ބަލައެއް ނުގަނެވޭ

comment 120687

3 year 2 month ago

ޕޮލިޓިސައިޒިންގ އެވްރިތިންގ. ދީސް އަރ ބަޓް ޑަރޓީ ޕޮލިޓީޝަންސް،

comment ވައަތުފިޔަގެ ހަސަންޓޭ

3 year 2 month ago

ކުޑަކުދިންގެ ބަގީޗާން ގެއްލުނު ކިނބޫ މިހާރު އުޅުއްވަނީ މުލީއާގޭގަ އައި ރައީސް އޮފީހުގައިކަން މަޖުލިސް މެމްބަރުންނަށް ހަނދާންކޮށްދީބަލަ

comment އައްޔު

3 year 2 month ago

އިއްޒަތުގެ ސައްލޭއަށް ނޭނގޭތޯ ކިނބޫއަކީ އިންސާނުން ރޮލާކާއެއްޗެއްކަން މައުމޫނު އެކިނބޫ މަރާނުލާއޮތީ ކޮންމެވެސް ކަމަކު އެކަން އެނގިގެން ޔާމީނު އެ މަރާލިމަރާލުން ރަނގަޅު ފުރަތަމަކަން އެއީ ފުރަތަމަވެސް މަރާލަންޖެހޭ އެއްޗެއް އިންސާނުން ޝިކާރަކޮށް ކައިހަދާ ޖަނަވާރެއް މެރުން ނޫން އިތުރު އޮޕްޝަނެއް އެޔަކުނޯވޭ. ދެންއޮތީ ދޫނީގެ ވާހަކަ މުޅި ދުނިޔެއިން ނެތިދާނެ ކަމުގެ ބިރުހީވެފައިވާ ދޫނިތަށް ރާއްޖޭގައި ކަތިލަނީ އެއިން އެއްވެސް ދޫންޏަކީ އިންސާނަކަށް ހަމަލާދޭނެ ދޫނިތަކެއްވެސް ނޫން ނައްތާލުމުގައި ދިރޭސޫފާސޫފިތެރެއިން އިންސާނުންނަށް ނުރައްކާވާ އެއްޗެހި ނައްތާލުން ބުއްދިވެރި އެހެންނޫނަށް ކުރީސަރުކާރުން ނުނެއްޓޭނެ ވަކަރުގޭ ކުދިން ބުނާހެން ދެންނިކަން ޖަހާބަލަ