ގެވެށި އަނިޔާއެެގެ މައްސަލައެއް މެންޗެސްޓާ ޔުނައިޓެޑްގެ ފޯވާޑް މޭސަން ގްރީންވުޑްގެ މައްޗަށް ސާބިތުވެފައިވީ ނަމަވެސް، އެކަމުން އެ ޓީމަށް ވެސް އަދި ކުޅުންތެރިނަން ވެސް އަސަރެއް ނުކުރާ ކަމަށް އެ ޓީމުގެ ކޯޗު ރަލްފް ރެންގްނިކް ބުނެފިއެވެ.
އެފްއޭ ކަޕްގެ ހަތަރު ވަނަ ބުރުގައި ޔުނައިޓެޑުން މިޑިލްސްބުރަފް އާ ދެކޮޅަށް ނިކުންނަން ތައްޔާރުވަމުންދާއިރު، މައްސަލައާ ގުޅިގެން ސަސްޕެންޝަންގެ ސަބަބުން ގްރީންވުޑަށް ޓީމުގެ ޕެރެކެޓިސްތަކުގައެއް ބައިވެރިއެއް ނުވެވެއެވެ.
ގްރީންވުޑް ހައްޔަރުކުރި ފަހުން ފުރަތަަމަ ފަހަރަށް މީޑިއާ ތަކާ ވާހަކަ ދައްކަމުން ރެންގްނިކް އެކަމުގެ މާ ބޮޑު ތަފްސީލެއް ދީފައެއް ނުވެއެވެ. ނަމަވެސް އޭނާ ފާހަގަ ކުރި ގޮތުގައި ގްރީންވުޑް ނެތް ނަމަވެސް ޓީމަށް އަސަރެއް ނެތެވެ. އަދި ޓީމު އޮތީ ވަރަށް ރަނގަޅަށް ކަމަށްވެސް އޭނާ ބުންޏެވެ.
އޭނާ ފާހަގަކުރި ގޮތުގައި މިއަދުގެ ޕްރެކްޓިސް އާއެކު ފާއިތުވި ހަފްތާގައި އެ ޓީމުން ވަނީ ފަސް ޕްރެކްޓިސްއެއް ކުރިއަށް ގެންގޮސްފައެވެ. އަދި އެ ޕެރެކްޓިސްތަކަކީ ނޯމަލް ރަނގަޅު ޕްރެކްޓިސްތަކެއް ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.
މި މައްސަލައާ ގުޅިގެން މެންޗެސްޓާއިން ގްރީންވުޑް ސަސްޕެންޑު ކޮށްފައިވާއިރު، އީއޭ ސްޕޯޓްސް އިން ވަނީ ފީފާ 22 އިން ވެސް އޭނާ އުނިކޮށްފައެވެ. އަދި އޭނާ ހައްޔަރުކުރި ނަމަވެސް، މި ވަގުތު އޭނާަ ހުރީ ކަފާލާތުގެ ދަށުން ދޫކޮށްލާފައި ކަމަށް ވެސް މީޑިއާ ރިޕޯޓުތައް ބުނެއެވެ.