ދުރާލާ ތާވަލް ކޮށްގެން ހަދާ ބައެއް ސާޖަރީތައް އައިޖީއެމްއެޗުން އަލުން ފަށަނީ

އައިޖީއެމްއެޗް ހޮސްޕިޓަލް -- ސަން ފައިލް ފޮޓޯ

ދުރާލާ ތާވަލްކޮށްގެން ހަދާ ސާޖަރީތައް ނުވަތަ ރޫޓީން ސާޖަރީތައް އަލުން ހަދައިދޭން ފަށަން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)އިން ނިންމައިފިއެވެ.

އެ ހޮސްޕިޓަލުން ބުނީ، އާދީއްތަ ދުވަހުން ފެށިގެން ބައެއް ސާޖަރީތައް އަލުން ފަށާނެ ކަމަށެވެ. ނަމަވެސް އެއީ ކޮން ސާޖަރީތަކެއް ކަމެއް އައިޖީއެމްއެޗް އިން އަދި އިއުލާނެއް ނުކުރެއެވެ.

އައިޖީއެމްއެޗްގެ ބައެއް ހިދުމަތްތައް ޑައުންގްރޭޑް ކޮށްފައި ވަނީ، ރާއްޖޭގައި މިވަގުތު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން މިވަގުތުގެ ހާލަތަށް ރިއާޔަތްކޮށްފައެވެ.

މީގެ އިތުރުން އެހޮސްޕިޓަލުގެ އިމަރޖެންސީ (އީ.އާރް) ހިދުމަތްތައް 24 ގަޑިއިރު މެދުކެނޑުމެއްނެތި ކުރިއަށްދާނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

އައިޖީއެމްއެޗް އިން ޓެސްޓްތައް ހެދުމަށް ލޭނެގުމުގެ ހިދުމަތަށް ބަދަލުތަކަށް ވެސް ވަނީ ބަދަލު ގެނެސްފައެވެ.

އިއްޔެއިން ފެށިގެން ފެބްރުއަރީ ފަސް ވަނަ ދުވަހުގެ ނިޔަލަށް އެ ހޮސްޕިޓަލުގެ ލެބޯޓްރީއިން ލޭ ނެގުމުގެ ހިދުމަތް ދޭނީ، ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރު 12:00 އަށް ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ..

comment ކޮމެންޓް