އިންޑޮނޭޝިއާގައި ބޫސްޓަރ ޑޯޒް ޖަހާނަމަ، ފައިސާ ދައްކަންޖެހޭ

މޮޑާނާ އިން އުފައްދާފައިވާ ކޮވިޑް-19 ވެކްސިން.

އުމުރުން ދުވަސްވީ މީހުންނާއި، ފައިސާ ދެއްކޭނެ އެއްވެސް ގޮތެއް ނެތް އާންމުން ފިޔަވައި އެހެން މީހުން ކޮވިޑް ވެކްސިންގެ ބޫސްޓަރ ޖަހާނަމަ، ފައިސާ ދައްކަންޖެހޭނެކަމަށް އިންޑޮނޭޝިއާގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ.

އާންމުންގެ މެދުގައި ނުތަނަވަސްކަން އުފެދިފައިވާ މި ދަނޑިވަޅުގައި ބޫސްޓަރ ޑޯޒް ޖަހަން ފައިސާ ދައްކަންޖެހޭތީ އެ ގައުމުގެ ގިނަ ރައްޔިތުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

"ސަރުކާރުން ކީއްވެތަ ބޫސްޓަރ ޖެހުމުގެ ޚިޔާލު ކުއްލިއަކަށް ގެނައި؟ މިއީ ޕޭންޑެމިކާ ގުޅުންހުރި ކަމެއްނަމަ، ބޫސްޓަރ ހިލޭ ޖެހެންވާނެ" ޔުނިވަރސިޓީ އޮފް އިންޑޮނޭޝިއާގެ ޕްރޮފެސަރެއް ކަމަށްވާ ޕަންޑޫ ރިއޯނޯ ވިދާޅުވިއެވެ.

އިންޑޮނޭޝިއާގެ ސަރުކާރުން ވެކްސިންގެ އަގު ކަނޑައަޅާފައި ނުވިނަމަވެސް، ގިނަ ބަޔަކު ލަފާކުރަނީ އެސްޓްރަޒެނެކާ ވެކްސިން 42.49 ރުފިޔާއަށް ޖެހޭނެ ކަމަށެވެ. އަދި ފައިޒާ ވެކްސިން 355.35 ރުފިޔާއަށް ޖެހޭނެކަމަށް ގިނަ ބަޔަކު ލަފާކުރެއެވެ.

ބޫސްޓަރ ޑޯޒް ޖަހަން ފައިސާ ދައްކަން ޖެހުމަކީ މީހުން ވެކްސިން ޖެހުމަށް އެޅޭ ހުރަހެއް ކަމުގައި އެ ގައުމުގެ ތަޖުރިބާކާރުން އަންނަނީ ބުނަމުންނެވެ.

comment ކޮމެންޓް