ރަސްމީ ދަތުރުފުޅެއްގައި އިރާނުގެ ޚާރިޖީ ވަޒީރު ހުސެއިން އަމީރު އަބްދުލްހައްޔާން ގަތަރަށް ވަޑައިގެންފިއެވެ.
އެމެރިކާ އާއި އީރާނާ ދެމެދު ކުރެވޭ މަޝްވަރާތަކުގައި މެދުވެރިއެއްގެ ދައުރު އަދާކުރާ ގަތަރަށް އިރާނުގެ ޚާރިޖީ ވަޒީރު ވަޑައިގެންފައިވަނީ އިއްޔެއެވެ.
އަބްދުލްހައްޔާންގެ މި ދަތުރުފުޅުގައި އޭނާ ވަނީ ގަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ހަމަދު އަލް ޘާނީ އާއި ޚާރިޖީ ވަޒީރު މުޙައްމަދު ބިން އަބްދުއްރަހްމާން އަލް ޘާނީ އާ ބައްދަލުކުރައްވާފައެވެ.
އިރާނުގެ ޚާރިޖީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި ގަތަރުގެ އަމީރާއި އިރާނުގެ ޚާރިޖީ ވަޒީރު ވަނީ ވިއެނާގައި ކުރިއަށްދާ ނިއުކްލިއާ ހަތިޔާރާގުޅޭ މަޝްވަރާކުރުންތަކުގެ އެންމެ ފަހުގެ އަދާހަމަތައް ހިއްސާކޮށްފައެވެ. މީގެއިތުރުން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުންވެސް މަޝްވަރާ ކުރެވިފައިވާ ކަމަށް އެ ވުޒާރާއިން ހާމަކުރެއެވެ.
ވިއެނާގައި ކުރިއަށްދާ މަޝްވަރާކުރުންތަކަކީ އިރާނުގެ ނިއުކްލިއަރ ޕްރޮގްރާމާ ގުޅޭ މަޝްވަރާތަކެވެ. މި ޕްރޮގްރާމުގައި އެމެރިކާއިންވެސް ނުސީދާކޮށް ބައިވެރިވަމުން އަންނައިރު، ރައީސް ޓްރަމްޕުގެ ދައުރުގައި އޭނާ ވަނީ ނިއުކްލިއާ އެއްބަސްވުމުން އެމެރިކާގެ ނަން އަނބުރާ ގެންދަވާފައެވެ.
އިރާނުން ބުނާ ގޮތުގައި އެ ގައުމުން އެދެނީ މި މަޝްވަރާކުރުންތަކުން ރަނގަޅު ޑީލެއް ހޯދައި، ދަތިކުރުންތައް މެދުކެނޑި އިގްތިސާދީ ހަރަކާތްތައް ރަނގަޅަށް ހިނގައިގަތުމެވެ.
އިރާނުގެ ޚާރިޖީ ވަޒީރު ވަނީ ޤަތަރަށް ވަޑައިގެންނެވުމުގެ ކުރިން އޮމާނަށްވެސް ދަތުރުފުޅެއް ކުރައްވާފައެވެ.