ދިރާގު ޓީވީ އާއި ފައިބާ އިންޓަނެޓްގެ ހިދުމަތް ހުޅުދުއްފާރަށް

ދިރާގު ޓީވީ އާއި ފައިބާ އިންޓަނެޓްގެ ހިދުމަތް ވަނީ ހުޅުދުއްފާރަށް ތައާރަފްކޮށްފަ -- ފޮޓޯ/ ދިރާގު

ދިރާގު ހައިސްޕީޑް ފައިބާ އިންޓަނެޓްގެ ހިދުމަތާއެކު ދިރާގު ޓީވީގެ ހިދުމަތް ރ. ހުޅުދުއްފާރުގައި ރަސްމީކޮށް އިފްތިތާހްކޮށްފިއެވެ.

އެ ދެ ހިދުމަތް ރަސްމީކޮށް އިފްތިތާހު ކޮށްފައިވަނީ ހުޅުދުއްފާރުގެ ރައްޔިތުންނަށް ހާއްސަ އޮފާތަކާ އެއްކޮށެވެ. އެގޮތުން، ދިރާގު ފައިބާ ބްރޯޑްބޭންޑް ޕެކޭޖަށް އެދޭ ކަސްޓަމަރުންނަށް ހިލޭ ފައިބާ ގުޅައިދިނުމުގެ އިތުރުން ފައިބާ އަށް ބޭނުންވާ ހާއްސަ ރައުޓަރު ނުވަތަ އޯއެންޓީ ވެސް ހިލޭ ލިބޭނެއެވެ.

މީގެ އިތުރުން ދިރާގު ޓީވީ ބޭނުންވާ ކަސްޓަމަރުންނަށްވެސް ހިދުމަތް މުޅިން ހިލޭ ގުޅައިދީ، ޖޯއިބޮކްސް (ޑީކޯޑަރު) ވެސް މުޅިން ހިލޭ ލިބިގެންދާނެއެވެ.

ދިރާގު ފައިބާ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ބޮޑު ފައިބާ ނެޓްވޯކްއެވެ. އެގޮތުން މިހާރު ރާއްޖޭގެ ގޭބިސީގެ 82 ޕަސެންޓަށް އެ ހިދުމަތް ދިރާގުން ފޯރުކޮށްދީފައިވާއިރު މީގެ ތެރޭގައި 75 ރަށެއް ހިމެނެއެވެ. އަދި 100 އަށް ވުރެ ގިނަ ޗެނަލް ހިމެނޭ ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އަދި އެންމެ ފުރަތަމަ އައިޕީޓީވީގެ ހިދުމަތެވެ.

ދިރާގުން ވަނީ މިހާތަނަށް ރާއްޖޭގެ 82 ޕަސެންޓު ގޭބިސީއަށް ދިރާގު ޓީވީގެ ހިދުމަތް ފޯރުކޮށްދީފައިއެވެ.

comment ކޮމެންޓް