މަރްހޫމް އުމަރު ޒާހިރަކީ ދިވެހި ދައުލަތަށް ވަރަށް ވަފާތެރި ހިދުމަތްތެރިއެއް: ރައީސް

މަރްޙޫމް އުމަރު ޒާހިރުގެ ހަނދާނުގައި ހުޅުވާފައިވާ ތައުޒިޔާގެ ދަފްތަރުގައި ރައީސުލްޖުމްހޫރިއްޔާ، ސޮއިކުރައްވަނީ -- ފޮޓޯ/ ރައީސް އޮފީސް

މަރްހޫމް އުމަރު ޒާހިރަކީ 49 އަހަރަށްވުރެ ގިނަ ދުވަހު، ދިވެހި ގައުމަށާއި ރައްޔިތުންނަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވި، މަސައްކަތުގައި ވަރަށް އިހްލާސްތެރި އަދި ދައުލަތަށް ވަފާތެރި ހިދުމަތްތެރިއެއް ކަމަށް، އުމަރު ޒާހިރުގެ ހަނދާނުގައި ހުޅުވި ތައުޒިޔާގެ ދަފްތަރުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، ލިޔުއްވައިފިއެވެ.

ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ، މަރްހޫމް އުމަރު ޒާހިރުގެ ހަނދާނުގައި ނެޝަނަލް އާޓް ގެލެރީގައި ހުޅުވާފައިވާ ތައުޒިޔާގެ ދަފްތަރުގައި ރައީސް، ސޮއިކުރެއްވީ މިއަދުއެވެ.

އަދި އެމަނިކުފާނު ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވުމާއެކު، ދިވެހިންނަށް ގެއްލިގެން އެދިޔައީ މިއަދުގެ ޖީލަށް ވަރަށް ފުރިހަމަ ނަމޫނާއެއް ދެއްކެވި ހިންގުންތެރި ވެރިއެއްކަމަށާއި، މުވައްޒަފުންނާމެދު އޯގާތެރިކަމާއި ލޯތްބާއި އެކު މުއާމަލާތްކުރެއްވި ގާތް އެކުވެރިއެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ލިޔުއްވާފައިވެއެވެ.

މީގެ އިތުރުން އެމަނިކުފާނު ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވުމާއެކު، ދިވެހިންނަށް ގެއްލިގެން އެދިޔައީ މިއަދުގެ ޖީލަށް ވަރަށް ފުރިހަމަ ނަމޫނާއެއް ދެއްކެވި ހިންގުންތެރި ވެރިއެއްކަމަށާއި، މުވައްޒަފުންނާމެދު އޯގާތެރިކަމާއި ލޯތްބާއިއެކު މުއާމަލާތްކުރެއްވި ގާތް އެކުވެރިއެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ލިޔުއްވާފައިވެއެވެ.

ދަފްތަރުގައި ރައީސް، ލިޔުއްވާފައިވާގޮތުގައި އަލް މަރްހޫމް އުމަރު ޒާހިރު ވަނީ މާ ގިނަ ވަސީލަތްތަކާއި ލުއި ފަސޭހަތައް ނެތް ދުވަސްވަރެއްގައި ސަރުކާރުން ހިންގި ބޮޑެތި މަޝްރޫއުތައް ކާމިޔާބުކަމާއެކީ ފުރިހަމަ ކުރެއްވުމުގައި މުހިންމު ދައުރެއް އަދާކުރައްވާފައެވެ. އަދި ރާއްޖޭގެ އުމްރާނީ ތަރައްގީގައި އުމަރު ޒާހިރުގެ ހިއްސާ ބޮޑުކަމުގައި ލިޔުއްވާފައިވެއެވެ.

ރައީސްގެ ބަޔާން ނިންމާލައްވާފައިވަނީ، މަރްހޫމް އުމަރު ޒާހިރަށް ސުވަރުގޭގެ ތަނަވަސް ރަހްމަތާއި ނިއުމަތް މިންވަރު ކުރެއްވުމަށް އެދި ﷲގެ ހަޟްރަތުގައި ދުއާ ދަންނަވައި، އެބޭފުޅާގެ އާއިލާއަށް ކެތްތެރިކަން ދެއްވުން އެދިވަޑައިގަންނަވަމުންނެވެ.

އުމަރު ޒާހިރު ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވީ، ޑިސެންބަރު މަހުގެ 20 ވަނަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި ދަރުމަވަންތަ ހޮސްޕިޓަލްގައެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 85 އަހަރެވެ.

comment ކޮމެންޓް