އަބްދުﷲ ޝާހިދު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އދ.ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު --

އ.ދ.ގެ އާއްމު މަޖިލީހުގެ ރައީސް އަދި ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކޮވިޑަށް ޕޮޒިޓިވެއްޖެއެވެ.

ޝާހިދު ވިދާޅުވީ އެމަނިކުފާނު ކޮވިޑް-19އަށް ޕޮޒިޓިްވިކަން އެނގިވަޑައިގަތީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ. އަދި ވިދާޅުވީ ބަލީގެ އަސަރު ހަށިގަނޑުގައި ކޮންމެ ވެސް ވަރަކަށް ހުރުމުން މިވަގުތު ހުންނެވީ ގޭގައި އެކަހެރިވެވަޑައިގެން ކަމަށެވެ.

ޝާހިދު ވިދާޅުވީ އެމަނިކުފާނު މިހާރު ހުންނެވީ ކޮވިޑު ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރައްވާފައި ކަމަށާއި އޭގެ އިތުރުން ބޫސްޓަރ ޑޯޒްވެސް ވަނީ މިދިޔަ ހަފްތާގައި ޖައްސަވާފައި ކަމަށެވެ.

އދ. ގެ މަސައްކަތްތައް ކުރެއްވުމަށް ޓަކައި ޝާހިދު މިހާރު ދިރިއުޅުއްވަނީ އެމެރިކާގައެވެ.

comment ކޮމެންޓް