ނިޕޯން ޕެއިންޓުން ޑިސްކައުންޓް ލިބޭ "އެ ކުލަ މި ކުލަ" ޕްރޮމޯޝަން ފަށައިފި

އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްއިން އަހަރު ނިމުމާ ދިމާކޮށް "އެ ކުލަ މި ކުލަ"ގެ ނަމުގައި ނިޕޯން ޕެއިންޓަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

އެ ޕްރޮމޯޝަން އިފްތިތާހު ކޮށްދެއްވީ އެސްޓީއޯގެ ޖެނެރަލް މެނޭޖަރު މަރިޔަމް ނަޒްލާއެވެ.

އެ ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް، އެސްޓިއޯ ހޯމް އިމްޕްރޫވްމަންޓް އަދި އެސްޓީއޯ ހުޅުމާލެ ފިހާރައިގައެވެ.

ކުލަ އާއި ދަވާދު ގަންނަ ފަރާތްތަކަށް އަމާޒު ކޮށްގެން ކުރިއަށް ގެންދާ އެ ޕްރޮމޯޝަންގެ ދަށުން ނިޕޯން ޕެއިންޓުގެ ޕްރޮޑަކްޓްތަކުން 20 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެއެވެ.

މީގެ އިތުރުން އެ ޕްރޮމޯޝަން ކުރިއަށްދާއިރު ކުލައާއި ދަވާދު ގަންނަ ފަރާތްތަކަށް ލަކީޑްރޯއެއްގައި ބައިވެރިވުމުގެ ފުރުސަތު ވެސް އޮންނާނެއެވެ.

ކުލައާއި ދަވާދުގެ ޕްރޮޑަކްޓްތަކުން 500 ރުފިޔާއިން މަތީގެ ވިޔަފާރި ކުރާ ކޮންމެ ފަރާތަކަށް ވެސް އެ ލަކީޑްރޯގައި ބައިވެރިވެވޭނެއެވެ.

އެ ލަކީޑްރޯގައި ކޮންމެ ހަފުތާއަކު ހޮވޭ އެއް ނަސީބުވެރި ފަރާތަކަށް އެކިއެކި އިނާމު އެސްޓީއޯއިން ވަނީ ހުށަހަޅާފައެވެ.

ހަމައެއާއެކު މުޅި ޕްރޮމޯޝަން ނިމުމުން ގުރުއަތުން ތިން ނަސީބުވެރި ފަރާތް ހޮވުމަށް ވަނީ ރާވާފައެވެ. އޭގެ ތެރެއިން ކޮންމެ ފަރާތަކަށް ވެސް ދުބާއީ ދެ ކޮޅު ޓިކެޓު ލިބޭނެއެވެ.

އެސްޓީއޯއިން ވިއްކާ ނިޕޯން ޕެއިންޓަކީ މީގެ އެތައް އަހަރެއް ކުރީއްސުރެ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރާއި މަގުބޫލުކަން ލިބިފައިވާ ބްރޭންޑެކެވެ.

comment ކޮމެންޓް