ފަނޑިޔާރު އަލީ ޝަފީގުގެ ސުލޫކީ މައްސަލަ ކުރިއަށް ނުގެންދިއުމަށް ޖޭއެސްސީއިން ނިންމައިފި

ހައިކޯޓާއި ޖޭއެސްސީ-- ސަން ފޮޓޯ

ދ. މީދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް، އަލީ ޝަފީގުގެ ސުލޫކީ މައްސަލަ އިތުރަށްކުރިއަށް ނުގެންދިއުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފިއެވެ.

ޖޭއެސްސީއިން ވަނީ ފަނޑިޔާރު ޝަފީގު، ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވެފައިވާ ކަމަށް ބުނާ ދެ ސުލޫކީ މައްސަލައެއް ތަހުގީގު ކޮށްފައެވެ.

އެ ދެ މައްސަލަ އިތުރަށް ކުރިއަށް ގެންދިއުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ޖޭއެސްސީއިން ނިންމީ، ސެޕްޓެމްބަރު 29 ވަނަ ދުވަހު ބޭއްވި އެ ކޮމިޝަނުގެ 74 ވަނަ ބައްދަލުވުމުގައެވެ.

މައްސަލަ ކުރިއަށް ނުގެންދަން ޖޭއެސްސީއިން ރިއާޔަތް ކުރީ ތަހުގީގަށް ދ. މީދޫ ކޯޓުން ލިބުނު ލިޔުންތަކާއި ފަނޑިޔާރު ޝަފީގުގެ ސިއްހީ ހާލަތު ބަޔާންކޮށް އެ ކޮމިޝަނަށް ހުށަހެޅި ލިޔުންތަކަށެވެ.

ދ. މީދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލީ ޝަފީގު ހިމެނޭ ގޮތަށް 17 ފަނޑިޔާރެއްގެ ސުލޫކީ މައްސަލަތަކެއް ޖޭއެސްސީއިން ބަލަން ފެށީ މި އަހަރުގެ ފެބްރުއަރީ މަހުގައެވެ.

އެއީ ކޮވިޑް-19ގެ ސަބަބުން ސަރުކާރު ބަންދުކުރި މުއްދަތުގައި އަދުލު އިންސާފު ގާއިމު ކުރުމުގެ ބާރުގެ ހިދުމަތާއި ކޯޓުތަކުގެ ހިދުމަތްތައް މެދުކެނޑުމެއް ނެތި ފޯރުކޮށްދޭން ސުޕްރީމް ކޯޓާއި ޖޭއެސްސީން އާއްމުކުރި ސާކިއުލާތަކާއި ހިލާފަށް އަމަލު ކުރުމުންނެވެ.

comment ކޮމެންޓް