ހިޔާ ފްލެޓަކީ ދިވެހިންނަށް ހައްގު މިންވަރުކަމާމެދުު ސުވާލު އުފެދޭކަމަށް ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީއަަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ ހިޔާ ފްލެޓަކީ ހައްގު މިންވަރު ކަމަށް ނުވި ނަމަވެސް އެންމެ ނިކަމެތި ހާލުގައި އުޅޭ ރައްޔިތުންނަށް ހިޔާ ފްލެޓަކީ ވަރަށް ރަނގަޅު ތަނަކަށް ވެދާނެކަމަށެވެ.
"އަޅުގަނޑު ހިތަށް އެރީ ވަރަށް ނިކަމެތި ހާލުގައި އުޅޭ ރައްޔިތަކަށް އެއީ ހަމަ ވަރަށް ރަނގަޅު ތަނެކޭ. އެހެންނަަމަވެސް ސުވާލަކީ އެއީތޯއޭ ދިވެހިންގެ ވެލިއުއަކީ. ދިވެހިންނަކީ އެހާ ދަށް ބައެއްތޯ. ދިވެހިންނަކީ ކުޑަކުޑަ ކޮށްޓެއްގައި ތިބެންޖެހޭ ބައެއްތޯ،" އޭނާ ވިދާޅުވިއެވެ.
ޔައުގޫބް ވިދާޅުވީ އެ ތަން ތައްޔާރުކޮށް އެ ތަނުގެ އެތެރެ ޑިޒައިންކޮށްފައިވަނީ ދިވެހިންގެ ދިރިއުޅުމަށް ބޭނުންވާފަދަ ކަންކަމާއެކު ނޫންކަމަށެވެ. އަދި އެއީ ދިވެހިން ބޭނުންވާ ގޮތް ނޫންކަމަށް ވިދާޅުވިއެެވެ.
"އެހެންވީމާ ރައީސް ޔާމީންގެ ސަރުކާރަށް އަދި ރައީސް ޔާމީނަށް ވެސް އަދި ޕީޕީއެމަށް ވެސް ނުބުނެވޭނެ ތިމަންނަމެން ދިވެހިންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނީމޭ. އެކަމެއް ނުވި،" ޔައުގޫބް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ބޯހިޔާވަހިކަން ކަށަވަރުކޮށްދެވޭނީ ހަމައެކަނި އެމްޑީޕީއަށްކަމަށެވެ. އަދި އެކަން ކުރާނީ ވެސް އެ ޕާޓީކަމަށް ވިދާޅުވިއެވެ.
އެއާއެކު ކުރީގެ ސަރުކާރުން ހިންގި މަޝްރޫތަކުގައި ގިނައީ ކޮރަޕްޝަންކަމަށް ވިދާޅުވިއެވެ. ސަރުކާރު ހިންގާ ޕާޓީ، އެމްޑީޕީގެ މެމްބަރުން ތަކުރާރުކޮށް އަންނަނީ ހިޔާ ފްލެޓުތަކަކީ ދިރިއުޅެން އެކަށީގެންވާ ތަނެއް ނޫންކަމަށް ބުނަމުންނެވެ.
އެއާއެކު މި ސަރުކާރުން ވެސް ބޯހިޔާވަހިކަމަށް މަޝްރޫއު ހިންގާނެކަމަށް ސަރުކާރުގެ މެމްބަރުން އަންނަނީ ބުނަމުންނެވެ. ނަަމަަވެސް މި ސަރުކާރުން މާލެ ސަރަހައްދުގައި ބިންގާއެޅި 1700 ހައުސިން ޔުނިޓުގެ ފުރަތަމަ ހައުސިން މަޝްރޫއަށް ބޭނުންވާ ލޯނުގެ ފައިސާ ނުދޭން ބޭންކް އޮފް ޗައިނާއިން ނިންމައިފައިވަނީ އިއްޔެއެވެ. އެއާއެއެކު މިދިޔަ އަހަރު ބިންގާ އެޅި އެ މަޝްރޫގެ މަސައްކަތް ވެސް އޮތީ މަޑުޖެހިފައެވެ.
comment މިންނާ
3 year 4 month ago
ހައްގު މިންވަރުގެ ވާހަކަ ކަލޭމެންނަށް ދެއްކޭކަށްނެތް. ލިބުނު އެއްޗެއް ފެންނަން ހުންނާނީ. އަދިވެސް ތިޔަދެއްކެނީ ހުވަފެން. އަނގަހުޅުވައިގެން ވާހަކަ ދައްކަން ހިޔާލުކުރަންވާނީ ކުރީސަރުކާރުގަ ރައްޔިތުންނަށް ހޯދައިދީފައިހުރި އެއްޗެއްސަށްވުރެ ގިނަ އެއްޗެހި ހޯދާދީފައި.
comment ކޮކާ
3 year 4 month ago
ހައްގު މިންވަރު ދީބަލަ މާއްކޫ އޮޑިޓަރު ޫ
comment ޝަހީލް
3 year 4 month ago
ރައީސް ޔާމީން ގައުމު ބާރު ސުޕީޑުގަ ތަރައްގީކޮއް ކުރިއަރުވަން ފެއްޓެވީމަ ކަލޭމެން ބުނީ ކޮންކުރީ ޖަންގައްޔޯ ތިމާމެން ގެނެސްދޭނީ ޖަޒީރާ ގައުމޯ ނޫއިގުތިސޯދޯ ރަށު ޓޫރިޒަމޯ.. ކިޔާފަ ހަސަދަވެރިވެގެން ދިވެހިންނައް ލިބެމުންއައި ތަރައްގީއާއި ކުރިއެރުން ހުއްޓުވައި އިންޑިޔާގެ ތަނެއްފަދައިން މުޅިގައުމު މިއަދު މިވަނީ ބަދަލުކޮއްފަ. މިއަދު ކަލޭމެން އިންޑިޔާގެއް ހައްގުތައް ދިވެހީންގެ ހައްގުތަކައްވުރެ ބޮޑައް އިސްކަން އެބަދޭ..
comment ޙުސީ
3 year 4 month ago
ތެޔޮކޮޅަކާ ބިޑިކޮޅަކާ އެއީ އެމްޑީޕީ ގެ ހައްގު މިންވަރު
comment ޝަމީލް
3 year 4 month ago
ކަލޭމެންއަތުން ހައްގު މިންވަރު ހޯދަން ތިބޭތާ 10 އަހަރު.. އަދި ކިރިޔާ ރައީސް ޔާމީންގެ މަސައްކަތުން މި ލިބެނީ ބޯހިޔާކޮއްލެވޭނެ ގޮތެއް. ދެން ކީކޭކިޔަން ތިއުޅެނީ.
comment އެމީހާ
3 year 4 month ago
އޭބަލަ މީދަމީހާ ދިވެހިންނައް ހައްގުމިންވަރު މިސަރުކާރު އައް 3އަހަރުފުރުނުދުވަހު ދިވެހިނަނައް ހަދިޔާކޮއްފި އެއީ ލޮލައްނުފެންނަ ތިލަމާލެބުރިޖުއާއި ދިވެހި ސިވިލްސާވަންޓް ގެލޮލުގައިއަދުންއަޅުވާ މިނިވަންވޭޖު!!!!!!
comment ހަސަން
3 year 4 month ago
ވެރިކަމުގެ އާރާއި ބާރު ލިބިފައި އޮތް އިރު ރައްޔިތުންނަށް ހައްގުމިންވަރު ހޯދައިދޭންވީނޫން ތޯ. ސަޅިބައިސާ ނުކަނޑަ.
comment ނުކިޔަވާ މީހަ
3 year 4 month ago
ކުޑަ ލިޕްސްޓިކްކޮޅެއް ޖައްސައިފައި، ކަންފަތު މުންޖެއް ލީ ނަމަ ތިޔަދައްކާ ވާހަކަ، އޭގެ މީހުން އަޑުައަހައިފާނެ! ދެން ބޮލާ ނޮހޮރޮއްޕާނެ. ތަޅުވާފަ ބަހައްޓާ !!!!!
comment ދުމައިން
3 year 4 month ago
ތިޔަ ކިޔާ ހައްގު މިންވަރު ނިކަންތިތާ އިނދެ ގާނޫނުގަ ލިޔެބަލަ. މާއްކޫ އޮޑިޓަރެކެ. މައެނީ ވަގު ހިފަންނަ، ހިފަނެގޮތާ އެނގެއި. ހޫމމމމ. އެނގިގެން އައިސް އެކަން ކުރމުގަ އަވަދިނެތި.. ވައްކަން ކެރުނުގައި އަވަދިނެތި ވޮންނާ ވަގެކެ.
comment 120687
3 year 4 month ago
މާއްކޫ އޮޑިޓަރައްކޫ ހަމަ އެކަނި ކުރެވޭ ކަމަކީ، ހުސް އަނގަ ތެޅުން ކުރެވޭ އެހެންކަމެއް ނެތް. ހުއްޓުވުނު ވައްކަމެއް ނެތް. މައްސަލަ ބަލައި ގެއްލުނު ފައިސާ ހޯދުނު ވައްކަމެއް ނެތް. މާއްކޫ އޮޑިޓަރައްކޫގެ ފެންވަރަކީ މިއީ.
comment އަހުމަދު
3 year 4 month ago
ދެން ކޮބާތަ ތިބުނާ ހައްޤުމިންވަރު ،5 އަހަރު ނިމެނީ އަގަތެޅިޔަކަސް ކަމަކުނުދާނެ ތިބުނާ ހައްގުމިންވަރު ހޯދަދީބަލަ ،ހައްޤު މިންވަރުތަ ހިޔާ ފުލެޓްގެ އަގު ތިހާބޮޑުކޮއްލީ ލޮލް
comment ރ ޔާންބެ
3 year 4 month ago
ދިވެހިންނަށް ހައްގީ މާލޭގައި ގަނަ ތެޅުންތަ؟
comment އަބްދު
3 year 4 month ago
އެހެން ކިޔާފަ މި ސަރުކާރުން ޑަބަލް އަގުގަ 13000 ރ މިހާރުވެސް ފްލެޓް ދޭން ވިންނުން ހުރީ... ދެން ކޮން ވާހަކަ އެއް މިދައްކަނީ.. ބޮލެއް ހުރިއްޔާ ވިސްނޭނެ.. ގެދޮރު ނެތް އެއް އައިލާ ގޮވައިގެން އެއްކޮޓަރީގަ ކައިބޮއެ ހަދާ މީހުން "މަމިހުއްޓޫ" އަހަރުންގެ އިހްސާސުގެ ޒައްރެއްވެސް ކަލޭމެންނަށް ނޭއްގެ!!!!