ޓީ20 ކްރިކެޓް ލީގު: މާލޭ ސްޕޯރޓްސް ކްލަބާއި ނިއުސްޓާއަށް މޮޅެއް

ޓީ20 ކްރިކެޓް ލީގުގައި މިއަދު ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ//ކްރިކެޓް އެސޯސިއޭޝަން

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން ކުރިއަށް ގެންދާ ޓީ20 ކްރިކެޓް ލީގުގައި މިއަދު ކުޅުނު މެޗުތަކުން މާލޭ ސްޕޯރޓްސް ކްލަބް އާއި ނިއުސްޓާ މޮޅުވެއްޖެއެވެ.

އެކުވެނީގެ އެއްނަންބަރ ދަނޑުގައި މިއަދު ކުޅުނު ފުރަތަމަ މެޗްގައި އައިޒީ އާއި ބައްދަލުކޮށް މާލޭ ސްޕޯރޓްސް ކްލަބް ކާމިޔާބުކުރީ 79 ލަނޑުންއެވެ. ދެވަނަ މެޗް ކޮމެޓްސްއާއި ބައްދަލުކޮށް ނިއުސްޓާ ކާމިޔާބުކުރީ 7 ވިކެޓުންއެވެ.

ޓީ20 ކްރިކެޓް ލީގުގައި މިއަދު ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ//ކްރިކެޓް އެސޯސިއޭޝަން

މިއަދު ފުރަތަމަ މެޗްގައި ޓޮސް ދިމާވުމުން މާލޭ ސްޕޯރޓްސް ކްލަބް ކުޅެން އަރައި 20 އޯވަރު ހަމަވިއިރު ފަސް ކުޅުންތެރިން ނުބައިވެގެން ހެދުނީ 193 ލަނޑެވެ. އެ މެޗުގައި އެންމެ ރަނގަޅަށް ކުޅުނު މުހަންމަދު ރިސްވާން 53 ބޯޅައިން 86 ލަނޑު ހެދި އިރު، ހަސަން ހާޒިގް ވަނީ 32 ބޯޅައިން 44 ލަނޑު ހަދައިފައެެވެ. އަދި މުހަނަމަދު ސިޔާމް 10 ބޯޅައިން 26 ލަނޑުހެދިއެވެ.

ޖަވާބުގައި އައިޒީ ކުޅެންއަރައި 20 އޯވަރު ހަމަވިއިރު ހަތަރު ކުޅުންތެރިން ނުބައިވެގެން ހެދުނީ 114 ލަނޑެވެ. މުހަންމަދު އަފްލާހް ނުބައިނުވެ 79 ލަނޑު ހެދި އިރު، ސާޒް ހަބީބް ދެވިކެޓް ނެގިއިރު ސާދިންއާއި ނީޝާމް ކޮންމެ އުކުންތެރިއެއް އެއްވިކެޓްނެގިއެވެ. މިމެޗްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މުހަންމަދު ރިސްވާންއެވެ.

މިއަދުގެ ދެވަނަ މެޗް ޓޮސް ދިމާވުމުން ކޮމެޓްސް ގަސްދުކުރީ ކުޅުމަށެވެ. ކުޅެންއަރާ ފަސް ކުޅުންތެރިން ނުބައިވެގެން ހަދިފައިވަނީ 168 ލަނޑެވެ. އެ މެޗުގައި އެންމެ ރަގަޅަށް ކުޅުނީ 47 ލަނޑުހެދި އަހުމަދު ހަސަން ސޯބިރުއާއި މުއާވިއަތު އަބްދުލް ގަނީއެވެ. މުހަންމަދު ސަކީލް 3 ވިކެޓް އަދި ކަސުން 2 ވިކެޓް ވަނީ ނަގައިފައެވެ.

ޖަވާބުގައި ނިއުސްޓާރ ކުޅެންއަރައި 18 ވަނަ އޯވަރުގައި ތިން ކުޅުންތެރިން ނުބައިވެގެން 172 ލަނޑު ވަނީ ހަދައިފައެވެ. އިސުރު 44 ލަނޑު، ސަފީގް 45 ލަނޑު އަދި މުހަންމަދު ސަޖީރު ނުބައިނުވެ 37 ލަނޑު ވަނީ ހަދައިފައެވެ. މިމެޗްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މުހަންމަދު ސަޖީލްއެވެ.

މި މުބާރާތުގައި ދެން ކުޅުން އޮންނާނީ ޑިސެމްބަރ 10 ވަނަ ދުވަހު އެވެ. އެ ދުވަހުގެ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ވިޔާންޒާއާއި މާލޭ ވެޓްރަންސް އަދި ދެވަނަ މެޗްގައި މާލޭ ސްޕޯރޓްސް ކްލަބާއި މިލާން ކްރިކެޓް އެކަޑަމީއެވެ.

comment ކޮމެންޓް