ދޮޅުމަސް ދުވަހުގެ ތެރޭ ޕޮލިސް އެކެޑަމީ އޮޕަރޭޝަނަށް ގެނެވޭނެ: ސީޕީ ހަމީދު

އައްޑޫ ޕޮލިސް އެކެޑަމީ --

ކުރިއަށް އޮތް ދޮޅު މަހެއްހާ ދުވަހުގެ ތެރޭ އައްޑޫގައި ގާއިމްކޮށްފައިވާ ފުލުހުންގެ އެކެޑަމީ އޮޕަރޭޝަނަށް ގެނެވޭނެކަމަސް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގައި އިމާރާތްކުރާ ފުލުހުންގެ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްޓްމަންޓުގެ ހިނގާ ގޮތް ބެއްލެވުމަށް އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ހައިކޮމިޝަނަރު މުނޫ މަހާވަރާއި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު އިއްޔެ ވަނީ އެ ތަނަށް ޒިޔާރަތްކުރައްވައިފައެވެ.

އެ ޒިޔާރަތުގެ ތެރެއިން ވާހަކަދައްކަވަމުން ސީޕީ ހަމީދު ވިދާޅުވީ މަސައްކަތް ގޮސްފައިވަނީ ވަަރަށް އަވަސް މިނެއްގައިކަމަށެވެ. އަދި އަމާޒަކީ ވީހާވެސް އަވަހަކަށް ތަން ހުޅުވުންކަމަށް ވިދާޅުވިއެވެ.

ސީޕީ ހަމީދު ވިދާޅުވީ މިހާރުގެ ވިސްނުމަކީ މުޅި ތަން ނިންމަައި އޮޕަރޭޝަނަށް ގެނައުމުގެ ބަދަލުގައި ތަނުގެ މަސައްކަތްތައް ނިމެމުންދާ ވަރަކަށް ހުރި ވަސީލަތްތަކާ އެކު އޮޕަރޭޝަނަށް ގެނައުންކަމަށެވެ.

އަދި އެކެޑަމީގެ ހުރިހާ މަސައްކަތެެއް ނިންމައި އަންނަ އަހަރުގެ މާޗްމަހުގެ ތެރޭ ޕޮލިސް އެކެޑަމީ ރަސްމީކޮށް ހުޅުވާނެކަމަށް ސީޕީ ވިދާޅުވިއެވެ.

އައްޑޫގައި ގާއިމްކުރާ ޕޮލިސް އެކެޑަމީއަކީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އިމާރާތްކުރަމުންދާ ތަނެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް