އޭސީ މިލާނާއެކު އާ ޑީލެއް ހެދުމަށް އިބްރަހިމޯވިޗް ހުރީ ތައްޔާރަށް

އިޓާލިއަން ލީގުގައި ތަފާތު ކުޅުމެއް ދައްކަމުން އަންނަ ޒްލަޓަން އިބްރަހިމޯވިޗް އޭނާ މިހާރު ކުޅެމުން އަންނަ އޭސީ މިލާނާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރު ކުރުމަށް ތައްޔާރަށް ހުރި ކަމަށް ބުނެފިއެވެ.

ސްވިޑަންގެ ގައުމީ ޓީމަށް ކުޅެމުން އަންނަ މަޝްހޫރު ފޯވަޑް މިފަހުން މިލާނަށް ސޮއިކޮށްފައިވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ހަ މަސް ދުވަހުގެ މުއްދަތަކަށެވެ. އެ އެއްބަސްވުމަށްފަހު ހަމަވުމަށްފަހު އޭނާ ވަނީ އެއް އަހަރު ދުވަހަށް މުއްދަތު އިތުރުކޮށް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

މިދިޔަ އަހަރު އޭނާ އާއި އެކުލަބުން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާން ކައިރިވުމާއެކު، އަނެއްކާވެސް އެއްބަސްވުން އިތުރުކުރުމަށް ތައްޔާރަށް ހުރި ކަމަށް އޭނާ ވަނީ ބުނެފައެވެ.

މިލާންގެ ހެޑް ކޯޗް ސެޓެފެނޯ ޕިއޯލީ ވެސް ވަނީ މިދިޔަ ހަފްތާގެ ތެރޭގައި އޭނާގެ އެއްބަސްވުން އާ ކޮށްފައެވެ.

"އަހަރެން ވެސް އެއްބަސްވުން އިތުރު ކުރަން ޖެހިއްޖެ. ޕިއޯލީގެ އެއްބަސްވުން އިތުރުކުރުމަކީ އަހަންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް. އޭނާ އެއްބަސްވުން އާ ކުރުމާއެކު އަހަރެން ވެސް އެއްބަސްވުން އާ ކުރާނަން. ޕިއޯލީ ވަނީ ރަނގަޅު މަސައްކަތްތަކެއް ކޮށްފައި،" ސްކައި ނިއުސްއަށް ދިން އިންޓަވިއުއެއްގައި އިބްރަހިމޯވިޗް ބުނެފައިވެއެވެ.

އިބްރަހިމޯވިޗް ބުނެފައިވަނީ އޭސީ މިލާނާ މެދު ހުވަފެން ތަކެއް ދެކެމުން އަންނަ ކަމަށާއި ތަށްޓެއް ކާމިޔާބު ކުރުމަކީ އޭނާގެ އެންމެ ބޮޑު އަމާޒުކަމަށެވެ.

އިޓާލިއަން ލީގުގައި ރޭ އޭސީ މިލާނާއެކު ޖެނޯއާ ބައްދަލު ކުރި މެޗުން މިލާން ވަނީ 3-0 ގެ ނަތީޖާ އަކުން ކުރި ހޯދާފައެވެ. މި މެޗުގައި އިބްރަހިމޯވިޗްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންގޮސްފައިވާއިރު މެޗުގެ ދިހަވަނަ މިނެޓުގައި އޭނާ ވަނީ އެޓީމުގެ ފުރަތަމަ ގޯލު ކާމިޔާބު ކޮށްދީފައެވެ.

މިލާންގެ މި މޮޅާއެކު އެޓީމުން ވަނީ ކުޅުނު 15 މެޗުން 35 ޕޮއިންޓް ހޯދައިގެން ތާވަލުގެ ދެވަނައަށް ޖެހިލައިފައެވެ. ނަޕޯލީ އެއްވަނައިގައި އޮތީ 36 ޕޮއިންޓް ހޯދައިގެންނެވެ.

ޔޫރަޕުގެ ގިނަ ކުލަބުތަކަކަށް ކުރިން ކުޅުނު އިބްރަހިމޯވިޗް އަކީ މި ޖީލުގައި އުފެދުނު އެންމެ މޮޅު އެއް ސްޓްރައިކަރެވެ. ސްވިޑަންގެ މަލްމޯ އިން 1999 ގައި ކެރިއަރު ފެށި އޭނާ ވަނީ ނެދަލެންޑްސްގެ އަޔެކްސްއާއި އިޓަލީގެ ޔުވެންޓަސް އާއި އިންޓަ މިލާނާއި ސްޕެއިނުގެ ބާސެލޯނާ އާއި ފްރާންސްގެ ޕީއެސްޖީ އަދި އިންގްލެންޑުގެ މެންޗެސްޓާ ޔުނައިޓެޑަށް ވެސް މީގެ ކުރިން ކުޅެފަ އެވެ. ނަމަވެސް އޭނާއަށް މިހާތަނަށް އެއްވެސް ޓީމަކާ އެކު ޗެމްޕިއަންސް ލީގުގެ ތަށްޓެއް އުފުލާލެވިފައެއް ނުވެއެވެ.

comment ކޮމެންޓް