ބޯޓިން އެސޯސިއޭޝަންގެ ލައިފް ޖެކެޓް ކެމްޕެއިންގެ ޕާޓްނަރަކަށް އެލައިޑް

ނޭޝަނަލް ބޯޓިން އެސޯސިއޭޝަންގެ "ސްޓޭ އެ ފްލޯޓް - ލައިފް ޖެކެޓް، ވެއާ އިޓް" ކެމްޕެއިންގެ ޕާޓްނަރެއްގެ ގޮތުގައި އެލައިޑް އިންޝުއަރަންސް ހަމަޖެއްސުން --

ނޭޝަނަލް ބޯޓިން އެސޯސިއޭޝަންގެ "ސްޓޭ އެ ފްލޯޓް - ލައިފް ޖެކެޓް، ވެއާ އިޓް" ކެމްޕެއިންގެ ޕާޓްނަރެއްގެ ގޮތުގައި އެލައިޑް އިންޝުއަރަންސް ހަމަޖައްސައިފިއެވެ.

މި ކެމްޕެއިންގެ ދަށުން ރަށްރަށުގެ ބަނދަރު ސަރަހައްދުގައި މީހުންނަށް ފެންނާނެހެން ހޭލުންތެރިކުރުވުމުގެ ބޯޑުތައް ހަރުކުރާނެއެވެ. އަދި ހޭލުންތެރިކުރުވުމުގެ ބޭނުމުގައި ވީޑިއޯ ކްލިޕްތައް ޓީވީ މެދުވެރިކޮށް ދައްކާނެއެވެ. އަދި ސްކޫލު ދަރިވަރުންގެ މެދުގައި ވެސް ހޭލުންތެރުކުރުވުމުގެ ސެޝަންތައް ހިންގާނެއެވެ.

އެލައިޑަކީ ރާއްޖޭގައި އިންޝުއަރެންސްގެ ހިދުމަތް އެންމެ ފުޅާކޮށް ދެމުންއަންނަ ކުންފުންޏެވެ. ހަމައެއާއެކު އެލައިޑުން އަންނަނީ އާންމުންނާ ގުޅުން ހުރި ގިނަ ކަންތައްތަކެއްގައި އެ ކުންފުނީގެ ބައިވެރިވުން ބާއްވަމުންނެވެ.

ބޯޓިން އެސޯސިއޭޝަނުގެ މި ކެމްޕެއިނަކީ އެލައިޑްގެ އިތުރުން އެހެނިހެން ޕާޓްނަރުންގެ އެހީއާއެކު ކުރިއަށްގެންދާ ކެމްޕެއިނެކެވެ. އެގޮތުން އެމްއެންޑީއެފް، ކޯސްޓް ގާޑް، މެރިން ޕޮލިސް އަދި ޓްރާންސްޕޯޓް މިނިސްޓްރީން ވެސް މި ކެމްޕެއިނުގައި ބައިވެރިވާނެއެވެ.

މީގެ އިތުރުން މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓުއަރިޒަމް އިންޑަސްޓްރީ (މަޓީ) އާއި ގައުމީ ޔުނިވާސިޓީގެ މެރިޓައިމް ސްޓަޑީޒްއާއި ޓޫރިޒަމް މިނިސްޓްރީގެ އިތުރުން އަލްޝާލީ މެރިންއިން ވެސް ކެމްޕެއިނުގައި ބައިވެރިވެއެވެ.

comment ކޮމެންޓް