ރައީސް ނަޝީދުގެ އާސްކް ސްޕީކާ ޕްރްގްރާމެއް މި މަހު 30ގައި ބާއްވަނީ

'އާސްކް ސްޕީކާ'ގެ ދެވަނަ ޕްރޮގްރާމުގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުން އިންތިޒާމުކޮށްގެން ބާއްވާ "އާސްކް ސްޕީކާ"ގެ އިތުރު ޕްރޮގްރާމެއް މި މަހުގެ 30ގައި ބާއްވަން ނިންމައިފިއެވެ.

މަޖިލީހުން ބުނީ މި ޕްރޮގްރާމް އޮންނާނީ މި މަހުގެ 30ވަނަ ދުވަހުގެ ރޭކަމަށެވެ. އެ ގޮތުން އެ ރޭ އެ ޕްރޮގްރާމް ފަށާނީ 09:00ގައިއެވެ.

މި ޕްރޮގްރާމަކީ މަޖިލީހުގެ މަސައްކަތްތަކާ ގުޅޭ ގޮތުން މަޖިލީހުގެ ރައީސް ނަޝީދަށް ސުވާލުކުރުމުގެ ފުރުސަތު އާންމުންނަށް ހުޅުވައިލައިގެން ކުރިއަަށްގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމަށް ވެސް އާންމުންނަށް ސުވާލުކުރުމުގެ ފުރުސަތުވަނީ ހުޅުވައިލައިފައެވެ. އެގޮތުން ވީޑިއޯއާއި މެސެޖު މެދުވެރިކޮށް ވެސް ސުވާލުކުރުމުގެ ފުރުސަތު އޮންނާނެއެެވެ. މަޖިލީހުން ބުނީ އެ ރޭ ސުވާލުކުރަން ބޭނުންވާ ފަރާތްތަކުން ނޮވެމްބަރު 30ވަނަ ދުވަހުގެ މެންދުރު 2:00ގެ ކުރިން ފުރިހަމަ ނަމާއި އައިޑީ ކާޑު ނަމްބަރު މަޖިލީހަށް ހުށަހަޅަންވާނެކަމަށެވެ.

މި ޕްރޮގްރާމުގައި ކުލަބް ހައުސް މެދުވެރިކޮށް ވެސއް ސުވާލުކުރެވޭނެއެވެ. ކުލަބު ހައުސްއިން ސުވާލުކުރާ ފަރާތްތަކުން މަޖިލީހަށް ހުށަަހަޅަން ޖެހެނީ ކުލަބް ހައުސްގައި ބޭނުންކުރާ އައިޑީއެވެ.

މީގެ ކުރިން ވެސް އާސްކް ސްޕީކާގެ ދެ ޕްރޮގްރާމެއްވަނީ ކުރިއަށް ގެންގޮސްފައެވެ.

comment ކޮމެންޓް