މިނިސްޓްރީގެ ހަރަދުގައި ޕްރިންސިޕަލުން ތަމްރީން ކުރަން 20 ސްކޮލަޝިޕް

އިސްކަންދަރު ސްކޫލްގެ ޓީޗަރަކު ދަރިވަރުންނަށް ކިޔަވައިދެނީ --- ސަން ފޮޓޯ/ އަހްމަދު އައިމަން އަލީ

އެޑިއުކޭޝަން މިނިސްޓްރީގެ ހަރަދުގައި ޕްރިންސިޕަލުން ތަމްރީނު ކުރަން 20 ސްކޮލަޝިޕްގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިނިސްޓްރީގެ އިއުލާނުގައި ވަނީ، މެލޭޝިއާއިން މާސްޓަރސް އިން ސްކޫލް އެޑްމިނިސްޓްރޭޝަން / އެޑިޔުކޭޝަން މެނޭޖްމަންޓް ހެދުމަށް ހުޅުވާލާފައިވާ މި ސްކޮލަޝިޕްތަކަށް ހޮވޭ ފަރާތްތަކަށް ކިޔަވަން ދާ ހަރަދާއި މުސާރައާއި އެލަވަންސްގެ އިތުރުން ދެކޮޅު ޓިކެޓް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި ސްކޮލަޝިޕަށް އެދި ހުށަހަޅާ މީހުންނަކީ ކިޔަވައިދިނުމުގެ ރޮނގުން ނުވަތަ ތައުލީމީ ދާއިރާއިން ބެޗްލާސް ޑިގްރީ ހާސިލްކޮށްފައިވާ އަދި ޓީޗަރެއްގެ ގޮތުގައި މަދުވެގެން 5 އަހަރު ދުވަހު މަސައްކަތް ކޮށްފައިވާ މީހަކަށް ވާނެ ޖެހެއެވެ.

މީގެ އިތުރުން މިނިސްޓްރީއިން ކުރިން ކިޔެވުމަށް ލޯނެއް ނަގާފައިވާ މީހެއް ނަމަ، ޑީފޯލްޓެއް ނެތި އެ ލޯނެއް ގަވާއިދުން ދައްކަމުންދާ މީހަކަށް ވާންޖެހެއެވެ.

މިނިސްޓްރީން ބުނީ ސްކޮލަޝިޕަށް ހުށަހަޅާ މީހަކީ ކޯހަށް ކަނޑައަޅާފައިވާ ދާއިރާއިން މާސްޓަރސް ޑިގްރީ ފެންވަރުގެ ކޯހެއް ނިންމާފައިވާ މީހަކަށް ވެގެން ނުވާނެ ކަމަށެވެ.

ސްކޮލަޝިފަށް އެދޭ ފަރާތަތަކުން ޑިސެމްބަރު ނުވަ ވަނަ ދުވަހުގެ މެންދުރު ދޭއް ޖެހުމުގެ ކުރިން ފޯމު މެއިލް ކުރުމަށް ([email protected] ) މިނިސްޓްރީގެ އިއުލާނުގައި ވެއެވެ.

comment ކޮމެންޓް