ޑިފެންސް މިނިސްޓަރު މާރިޔާ ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް

ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ރަސްމީ ދަތުރުފުޅެއްގައި މިއަދު އިންޑިއާ އަށް ޒިޔާރަތްކުރުމުގެ ތެރެއިން

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ރަސްމީ ދަތުރުފުޅެއްގައި މިއަދު އިންޑިއާއަށް ވަޑައިގެންފިއެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ކުރި ޓުވީޓެއްގައި ބުނީ އެ ދަތުރުފުޅުގައި މިނިސްޓަރު މާރިޔާ، އިންޑިއާގެ ނޭވަލް އެކަޑަމީން ބާއްވާ ޕާސިން އައުޓް ޕެރޭޑް ޝަރަފްވެރިކޮށްދެއްވާނެ ކަމަށެވެ. އަދި މިނިސްޓަރުވެ ވަޑައިގަންނަވާނީ އެ ޕެރޭޑު ޝަރަފުވެރިކުރައްވާ ބޭރުގެ ފުރަތަމަ ޑިފެންސް މިނިސްޓަރަށް ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

އެ ޕެރޭޑު ބާއްވަން ހަމަޖެހިފައި ވަނީ ކެރަލާގެ ކަންނޫރުގައި އަންނަ ހޮނިހިރު ދުވަހުގައެވެ.

އިންޑިއާގެ ކެރަލާގައި ހުންނަ ޑިފެންސް މިނިސްޓްރީގެ ޕަބްލިކް ރިލޭޝަންސް ޔުނިޓުން ކުރި ޓުވީޓެއްގައިވާ ގޮތުން މިނިސްޓަރު މާރިޔާ އެގައުމަށް ވަޑައިގެންނެވީ ހަ ދުވަހަށެވެ. އަދި އެކަމަނާއަށް މަރުހަބާ ދެންނެވީ އެގައުމުގެ ޑިފެންސް މިނިސްޓްރީގެ އިސް ވަޒީރުންނެވެ.

އެ ދަތުރުފުޅުގައި މިނިސްޓަރު މާރިޔާ އިންޑިއާގެ ޑިފެންސްގެ ޓްރެއިނިން ފެސިލިޓީތަކަށް ޒިޔާރަތްކުރައްވައި، އެ ގައުމުގައި ޓްރެއިނިން ހަދަމުންދާ އެމްއެންޑީއެފްގެ އޮފިސަރުންނާ ބައްދަލުކުރައްވާނެއެވެ.

މިނިސްޓަރު މާރިޔާ ވަނީ މީގެ ކުރިން ވެސް އިންޑިއާއަށް ވަޑައިގެން، ދިފާއީ ކަންކަމާ ގުޅޭ ގޮތުން އެގައުމުގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައިފައެވެ.

އެގޮތުން 2019 ވަނަ އަހަރުގެ ޖޫން މަހު މިނިސްޓަރު އިންޑިއާއަށް ކުރެއްވި ދަތުރުފުޅެއްގައި ވަނީ އެގައުމުގެ ޑިފެންސް މިނިސްޓަރާ މަޝްވަރާ ބައްދަލުވުމެއް ބާއްވަވާފައިއެވެ. އެ ބައްދަލުވުމުގައި، ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮންނަ އަސްކަރީ ގުޅުމުގެ ތެރެއިން ރާއްޖޭގައި ހަރުކުރުމަށް އިންޑިއާ ސަރުކާރުން ހުށަހަޅާފައިވާ ކޯސްޓަލް ރާޑާ ސަވައިލަންސް ސިސްޓަމް (ސީއެސްއާރުއެސް) ހަރުކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރިއެވެ.

comment ކޮމެންޓް