"ރޯ ޕެސިފިކް އޮއިސްޓާ" ނުވިއްކުމަށް އެމްއެފްޑީއޭއިން އަންގައިފި

ރޯ ޕެސިފިކް އޮއިސްޓާ --

ޖަރާސިމުން ތަޣައްޔަރުވެފައިވުމާއެކު "ރޯ ޕެސިފިކް އޮއިސްޓާ" ނުވިއްކުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން އަންގައިފިއެެވެ.

އެ އޮތޯރިޓީން ނެރުނު ނޫސް ބަޔާނެއްްގައި ބުނީ އޮސްޓްރޭލިއާގެ ކޮފިން ބޭގައި އުފައްދާފައިވާ ޕްރެސްޓިޖް ފުޑްސް އިންޓަނޭޝަނަލްގެ ރޯ ޕެސިފިކް އޮއިސްޓާ ރާއްޖެ އެތެރެވެފައިވާކަމުގެ މައުލޫމާތު އެ އޮތޯރިޓީއަށް ލިބިފައިވާކަމަަށެވެ.

އަދި އެ އުފެއްދުމަކީ ވިބްރިއޯ ޕެރެހޮމޮލީޓިކަސް ނަމަކަށް ކިޔާ ޖަރާސިކަމުން ތަޣައްޔަރުވުމުގެ ފުުރުސަތު ބޮޑު އުފެއްދުމެއްކަމަށް އެ އޮތޯރިޓީން ބުންޏެވެ.

އެ އޮތޯރިޓީން ބުނީ މިހާރު ކުރިއަށް ގެންދަނީ އޭގެ ސަބަބުން ކާބޯތަކެއްޗަށް އޮތް ނުރައްކާ ބަލައި ދެނެގަތުމުގެ މަސައްކަތްކަމަށެވެ.

އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ އުފެއްދުން ނުވިއްކުމަަށާއި ބޭނުންނުކުރުމަށް އެމްއެފްޑީއޭއިން ވަނީ އަންގާފައެވެ.

comment ކޮމެންޓް