35 ކުންފުންޏާއެކު ނުވަ ވަނަ ލިވިން އެކްސްޕޯ ފަށައިފި

މޯލްޑިވްސް ލިވިން އެކްސްޕޯގެ ނުވަ ވަނަ އެޑިޝަން-- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ހައިރައިޒްއިން އިންތިޒާމުކޮށްގެން އަހަރަކު އެއްފަހަރު ރާއްޖޭގައި ބާއްވާ ރިއަލް އެސްޓޭޓް، ލިވިން އަދި ލައިފްސްޓައިލް ފެއާ، "މޯލްޑިވްސް ލިވިން އެކްސްޕޯ"ގެ ނުވަ ވަނަ އެޑިޝަން ފަށައިފިއެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަހައްދުގައި ކުރިއަށްދާ އެ ފެއާ ރަސްމީކޮށް ހުޅުވައިދެއްވީ ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމްއެވެ.

އެކްސްޕޯ ހުޅުވައިދެއްވުމަށްފަހު މިނިސްޓަރު އަސްލަމް ވަނީ ފެއާގެ ސްޓޯލްތަކަށް ޒިޔާރަތްކޮށް، ކުންފުނިތަކުން ޝޯކޭސް ކޮށްފައިވާ ޕްރޮޑަކްޓްތައް ބައްލަވާލައްވާފައެވެ.

މިއަހަރުގެ އެކްސްޕޯގައި 35 ކުންފުންޏަކުން ޕްރޮޑަކްޓްތައް ޝޯކޭސް ކުރެއެވެ.

އެ އެކްސްޕޯ ކުރިއަށްދާނީ މި މަހުގެ 18، 19 އަދި 20 ވަނަ ދުވަހާ ހަމައަށް، ކޮންމެ ދުވަހަކު ވެސް ހަވީރު 4:00 އިން ރޭގަނޑު 10:00 އާ ހަމައަށެވެ.

ހައިރައިޒްއިން އިންތިޒާމު ކޮށްގެން 2013 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މޯލްޑިވްސް ލިވިން އެކްސްޕޯ އަކީ ގެދޮރު ގަންނަން ބޭނުންވާ ފަރާތްތަކަށާއި ގޭތެރެއަށް ބޭނުންވާ ސާމާނު ގަންނަން ބޭނުންވާ ފަރާތްތަކަށް އެއްތަނަކުން ގިނަ ފުރުސަތުތަކެއް ލިބޭ ޕްލެޓްފޯމެކެވެ.

comment ކޮމެންޓް