މިއަދު ޕޮޒިޓިވްވީ 149 މީހުން، އަތޮޅުތަކުން 111

މާލޭގައި ރެންޑަމް ސާމްޕަލް ނުގުމުގެ މަސައްކަތުގައި އެޗްޕީއޭގެ ފަރާތްތަކުން ހަރަކާތްތެރިވަނީ-- ސަން ފޮޓޯ

ރާއްޖެއިން އިތުރު 149 މީހުން ކޮވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެޗްޕީއޭއިން ބުނީ އިއްޔެ ހަވީރު ހަޔަކުން މިއަދު ހަވީރު ހަޔަކާ ދެމެދު ނެގި 4،045 ސާމްޕަލްގެ ތެރެއިން 149 ސާމްޕަލް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ؛

  • ގްރޭޓާ މާލެ ސަރަހައްދުން 18 މީހުން
  • މީހުން ދިރިއުޅޭ ރަށްރަށުން 111 މީހުން
  • ހިންގަމުންދާ ރިސޯޓުތަކުން 20 މީހުން

މިއަދުގެ ކޭސްތަކާއެކު ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 90،266 އަށް ވަނީ އަރާފައެވެ.

މިވަގުތު ބައްޔަށް ފަރުވާ ކުރަމުންދާ 2،150 މީހުންގެ ތެރެއިން ހޮސްޕިޓަލްތަކުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދަނީ ނުވަ މީހުންނަށެވެ.

މިއަދު ބަލިން ރަނގަޅުވީ 152 މީހުންނެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 87،855 އެވެ.

މި ބަލީގައި ރާއްޖެއިން މިހާތަނަށް 248 މީހުން ވަނީ މަރުވެފައެވެ.

comment ކޮމެންޓް