ޕޯސްޓްމޯޓަމް ރިޕޯޓު ބުނަނީ މޭރީގެ މަރުގެ ސަބަބަކީ ނޭވާ ހާސްކޮށްލުންކަމަށް

މަރުވި ނަރުސް އަންހެން މީހާ އަދި އޭނާގެ ފިރިމީހާ ---

އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުންދަނިކޮށް ކުއްލި ގޮތަކަށް މަރުވި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލާފައިވަނީ ނޭވާ ހާސްކޮށްލައިގެން ކަމަށް އޭނާގެ ޕޯސްޓްމޯޓަމް ރިޕޯޓުން ދައްކައިފިއެވެ.

ޕޯސްޓްމޯޓަމް ހެދުމަށްފަހު މޭރީގެ ހަށިގަނޑު ރާއްޖެ ގެނެސްފައިވަނީީ ހޮނިހިރު ދުވަހެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި މިހާރު މޭރީގެ ޕޯސްޓްމޯޓަމްގެ ވަގުތީ ނަތީޖާވަނީ ލިބިފައެވެ. އަދި އެ ނަތީޖާގައިވާ ގޮތުން އޭނާ މަރުވެފައިވަނީ ނޭވާ ހާސްކޮށްލުމުގެ ސަބަބުންނެވެ.

ނަމަވެސް ފުލުހުން ބުނީ އޭނާ މަރުވެފައިވަނީ ދަންޖެހި ކަމަށް ނުބެލެވޭ ކަމަށާއި މަރުވީ "ބްލަންޓް އިންޖަރީސް"ގެ ސަބަބުން ކަމަށެވެ.

ގްރޭސް މަރުވީ އަމިއްލައަށް ކަމަށް ފުރަތަމަ ބެލެވުނު ނަމަވެސް އޭނާގެ މަރުގައި ޝައްކު ކުރެވޭ ކަންތައްތަކެއް ވަނީ ފާހަގަވެފައެވެ. އެއީ އޭނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދި މައިގަނޑު ސަބަބެވެ.

މިދިޔަ މަހުގެ 19 ވަނަ ދުވަހު މޭރީ ދަންޖެހިގެން މަރުވީކަމަށް ބުނެ އޭނާގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔައީ އޭނާގެ ފިރިމީހާއެވެ. އެއީ މޭރީ އެދުވަހު ހޮސްޕިޓަލުގައި ޑިއުޓީގައި ހުރެފައި ބްރޭކަށް ދިޔަތާ އިރުކޮޅެއް ފަހުންނެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި މޭރީ އަމިއްލައަށް ދަންޖެހިގެން މަރުވީ ކަމަށް އޭނާގެ ފިރިމީހާ އެއް ފަހަރު ބުނުމަށްފަހު, ފަހުން ބުނެފައިވަނީ ކުއްލި އަކަށް ހޭނެތިގެން ވެއްޓުނީ ކަމަށެވެ.

މި މައްސަލައިގައި މިހާތަނަށް ހައްޔަރު ކޮށްފައިވަނީ މޭރީގެ ފިރިމީހާ އެކަންޏެވެ. އެއީވެސް އައިޖީއެމްއެޗްގައި މަސައްކަތް ކުރާ ފިލިޕީންސްގެ ނަރުހެކެވެ.

comment ކޮމެންޓް