ކޯޓުތަކަށް އިސްލާހު ގެނައުމުގެ ގާނޫނުގެ ބިލްގެ އިތުރުން ތިން ބިލެއް ރައީސް އޮފީހަށް

ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގެ އިތުުރުން ތިން ބިލެއް އެޓާނީ ޖެނެރަލްގެ އޮފީހުން ރައީސް އޮފީހަށް ފޮނުވައިފިއެވެ.

މި ބިލުތައް ފޮނުވާފައިވަނީ ސަރުކާރުގެ ފަރާތުން ހުށަހަޅާ ބިލުތަކުގެ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް އެ ބިލުތައް ފޮނުވުމަށެވެ.

ރައީސް އޮފީހަށް ފޮނުވާފައިވާ ހަތަރު ބިލުގެ ތެރޭގައި ހިމެނެނީ ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ފެނާއި ނަރުދަމާގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި އަދި ނެތިދިއުމުގެ ބިރުހީވެފައިވާ ދިރޭތަކެތީގެ ބައިނަލްއަގްވާމީ ވިޔަފާރިކުރުމުގެ ބިލުގެ އިތުރުން ފަނޑިޔާރުންގެ ގާނޫނަށް އިސްލާހުގެނައުމުގެ ބިލެވެ.

ރައްޔިތުންގެ މަޖިލީހުގެ ތިން ވަނަ ދައުރަށް ސަރުކާރުގެ ފަރާތުން 32 ބިލެއް ހުށަހަޅަން ނިންމައިފައިވެއެވެ. އޭގެ ތެރޭގައި އެކި ދާއިރާތަކަށް ހާއްސަ ބިލުތައް ހިމެނެއެވެ.

މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާ ބިލްތައް:

  • ހެއްކާބެހޭ ބިލު
    އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލުނަގައިދިނުމުގެ ބިލު
  • ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލު
  • މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން އޮތޯރިޓީގެ ބިލު
  • މޯލްޑިވްސް ހެލްތު ސާވިސަސްގެ ބިލު
  • ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ޑިޕްލޮމެޓިކް އިމްތިޔާޒުގެ ބިލު
  • ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ދިނުމުގެ ބިލު
  • ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ފޮރިން އިންވެސްޓްމަންޓުގެ ބިލު
  • ޓްރޭޑްމާކުގެ ބިލު
  • ދިވެހިރާއްޖޭގެ ގައުމީ ބަހަށް އިސްކަންދިނުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު.

މީގެ އިތުރުން ވެސް 16 ބިލެއް ސަރުކާރުން މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ ބިލުތަކުގެ ތެރޭގައި ހިމެނެއެވެ.

comment ކޮމެންޓް