ޖަޕާނުގެ ޕްރިންސަސް މާކޯ، ޕްރިންސަސްގެ ލަގަބު ދޫކޮށްލައިފި

ޕްރިންސަސް މަކޯ އަދި އޭނާގެ ފިރިމީހާ ކުމާރޯ ނޫސްވެރިންނާ ބައްދަލު ކުރަނީ ---

ޖަޕާނުގެ ޕްރިންސަސް، މާކޯ ޝާހީ ހާންދާން ދޫކޮށްލެއްވުމަށްފަހު އޭނާގެ ކޮލެޖު ލޯބިވެރިޔާ ކޭ ކުމޫރޯއާ ކައިވެނި ކޮށްފިއެވެ.

ޖަޕާނުގެ ކްރައުން ޕްރިންސް އަކިޝީނޯ އާއި ޕްރިންސަސް ކިކޯގެ ދޮށީ ދަރިފުޅު ޕްރިންސަސް މާކޯ ކައިވެނި ކޮށްފައިވަނީ އާއްމުންގެ މީހަކާ ކަމުގައި ވުމުން އޭނާއަށް ވަނީ ޝާހީ އާއިލާއާ އޭނާގެ ލަގަބު ދޫކޮށްލަން މަޖުބޫރުވެފައެވެ. އަދި އެ ގައުމުގެ ގާނޫނު ތަކާއި ޝާހީ ހާންދާނުގެ ގަވައިދުތައް އޮންނަ ގޮތުން ޝާހީ އާއިލާގެ ކައިވެނިތަކަށް ސަރުކާރުން ދޭ އެއް މިލިއަން ޑޮލަރުވެސް އޭނާއަށް ނުލިބޭނެކަން ވަނީ އަންގާފައެވެ.

އެ ދެމީހުންގެ ކައިވެންޏަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައިވަނީ މި ކައިވެނީގެ ސަބަބުން އެއްވެސް ބަޔަކަށް ގެއްލުމެއް ލިބިފައިވާނަމަ މާފަށް އެދޭ ކަމަށެވެ. އަދި މިހާތަނަށް އެމީހުންނަށް އެއްބާރުލުން ދިން ހުރިހާ ފަރާތްތަކަށް ވަނީ ޝުކުރު އަދާ ކޮށްފައެވެ.

މީގެ ހަތަރު އަހަރު ކުރިން މި ދެމީހުން އެންގޭޖްވެފައިވާއިރު ފާއިތުވި އަހަރުތަކުގެ ތެރޭގައި ފެތުރިފައިވަނީ ހުސް ތެދު ވާހަކަތައް ނޫންކަމަށް ޕްރިންސަސް މާކޯގެ ފިރިމީހާ ކެމަރޯ ފާހަގަކުރިއެވެ. އަދި އެ ދުވަސްތަކުގެ ތެރޭގައިވެސް ދެގޮތެއް ނުވެ ހުރިހާ ކަމެއްގައި އެހީތެރިވި ފަރާތްތަކަށް އޭނާވެސް ވަނީ ޝުކުރު އަދާކޮށްފައެވެ.

ކައިވެންޏަށްފަހު އެ ދެ މީހުން ދިރިއުޅުމަށް ހަމަޖެހިފައިވަނީ ނިއު ޔޯކް ސިޓީގައެވެ.

މިއީ ޖަޕާނުގައި މިގޮތަށް ޝާހީ ލަގަބު އަދި އާއިލާ ދޫކޮށްލި ފުރަތަމަ ފަހަރެއް ނޫނެވެ. ޕްރިންސަސް މާކޯގެ ބޮޑުދައިތަ ސަޔަކޯވެސް 2005ވަނަ އަހަރުވަނީ އާއްމު މީހަކާ ކައިވެނިކޮށް ޝާހީ އާއިލާ ދޫކޮށްލާފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް