އެލައިޑްގެ މެރިން ހަލް އިންޝުއަރަންސްއާ ބެހޭ ގޮތުން މިރޭ ކްލަބް ހައުސް ސެޝަނެއް ބާއްވަނީ

އެލައިޑުގެ ސެޝަނެއް މިރޭ ކްލަބް ހައުސްގައި... ފޮޓޯ/އެލައިޑް

އެލައިޑް އިންޝުއަރަންސުން ކްލަބް ހައުސްގައި "ހަލް އިންޝުއަރަންސް"އާ ބެހޭ ގޮތުން މައުލޫމާތު ސެޝަނެއް ބާއްވަން ނިންމައިފިއެވެ.

މި ސެޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 09:00 ގައެވެ.

މި ސެޝަނަކީ ހުރިހާ އެންމެންނަށްވެސް ބައިވެރިވެވޭނެ ގޮތަށްް ބާއްވަން ހަމަޖެހިފައިވާ ސެޝަނެއް ކަމަށް އެލައިޑުން ބުންޏެވެ.

އެލައިޑުގެ އެހެނިހެން ސެޝަންތަކޭ އެއްގޮތަށް މި ސެޝަނުގައިވެސް މައުލޫމާތު ފޯރުކޮށްދީ، މަޝްވަރާތައް ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވަނީ އެލައިޑުގެ އިންޝުއަރަންސް ތަޖުރިބާކާރުންނެވެ.

މިގޮތުން މި ސެޝަނުގައި މައުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ ކަނޑުމަތީގައި ދުއްވާ އުޅަނދުފަހަރަށް ހާއްސަކޮށްގެން އުފައްދާފައިވާ "މެރިން ހަލް އިންޝުއަރަންސް"އާ ބެހޭގޮތުންނެވެ.

އެލައިޑުން ބުނީ މި ސެޝަނުގައި އަލިއަޅުވާލާނެ ކަންތައްތަކުގެ ތެރޭގައި، މި އިންޝުއަރަންސް ނެގުމަށް އަމަލު ކުރަންޖެހޭ ގޮތާއި މިހިދުމަތް ހޯދުމަށްފަހު ލިބޭ ރައްކާތެރިކަން ނުވަތަ ކަވަރޭޖްތައް ހިމެނޭ ކަމަށް ބުނެފައެވެ. މީގެ އިތުރުން މި ސެޝަނުގައި އާންމުންގެ ހިޔާލު ހޯދުމާއި ފަރުދެއްގެ ސުވާލެއް އޮތްކަމުގައި ވާނަމަ، ވަގުތުން މައުލޫމާތު ސާފު ކުރެވޭނެކަންވެސް އެލައިޑުން ފާހަގަ ކުރެއެވެ.

ހަމައެއާއެކު އެލައިޑުގެ ފަރާތުންވަނީ މެރިން ހަލް އިންޝުއަރަންސް ޕްލޭނާ ބެހޭގޮތުން މައުލޫމާތު ސާފުކުރުމަށް ބޭނުންވާ މީހުންނަށް މިރޭ ކްލަބް ހައުސް ސެޝަންގައި ބައިވެރިވުމަށް ދައުވަތުދީފައެވެ.

comment ކޮމެންޓް