ދަމާސް ރިސޯޓްވެއާ: "ރިސޯޓު ކޮލެޓީ"ގެ ސާމާނު ހެޔޮ އަގުގައި

ދަމާސް ރިސޯޓްވެއާ--

ސްޓައިލް، ކޮންމެހެން އަގުބޮޑު ވާން ނުޖެހެއެވެ. މިއީ ދަމާސް ރިސޯޓްވެއާގެ ސްލޯގަންގެ ދިވެހި ތަރުޖަމާއެވެ. ގެސްޓްހައުސް، ރެސްޓޯރަންޓު އަދި ރިސޯޓުތަކުގައި ބޭނުން ކުރާ ފަރުނީޗަރުން ފެށިގެން އުލާއި ސަމްސަލާއި އެ ނޫން ވެސް ބަދިގެ ސާމާނަކީ ވަކި ކޮލެޓީއެއް ހުންނަ، ގިނަ ދުވަހު ބޭނުން ކުރެވޭ ތަކެއްޗެވެ. މި ތަކެތީގެ މޮޅު ކަމާއި މި ތަކެއްޗަށް ދީފައިވާ "ރިސޯޓު ކޮލެޓީ" ލޭބަލްގެ ސަބަބުން މިއީ ވަރަށް އަގުބޮޑު ތަކެތި ކަމަށް ހީވެދާނެއެވެ. ސްޓައިލް، ކޮންމެހެން އަގުބޮޑު ވާން ނުޖެހޭ ކަން، ދަމާސް ރިސޯޓްވެއާގެ ޝޯރޫމަށް ވަދެލުމުން ޔަގީން ވާނެއެވެ.

ދަމާސް ރިސޯޓްވެއާއަކީ ހޮސްޕިޓަލިޓީ ދާއިރާގައި އޮޕަރޭޓު ކުރާ ތަންތަނަށް ހާއްސަ ތަކެތި އެއް ފުރާޅެއްގެ ދަށުން ގަންނަން ލިބޭ ތަނެކެވެ. އެއީ މި ވިޔަފާރީގައި 20 އަހަރުގެ ތަޖުރިބާއާއެކު، ކަސްޓަމަރުންގެ އިތުބާރު ލިބިފައިވާ ތަނެކެވެ.

ޒަމާނާ އެއްކޮށް އާންމު ދިރިއުޅުމުގައި ބޭނުން ކުރާ ތަކެތި ވެސް "ރީތި"ވެ، ކޮލެޓީ ރަނގަޅު ވަމުން އަންނަ އިރު، މި ބުނި "ރިސޯޓު ކޮލެޓީ"ގެ ތަކެތި ދަމާސް ރިސޯޓްވެއާއިން އާންމުންނަށް ގެނެސްދެނީ އަތް ފޯރާ އަގުތަކުގައެވެ. އަދި އެއީ ކަސްޓަމަރުން ގަޔާވާ ޕްރޮޑަކްޓްތައް ބެލުމަށްފަހު، ކަސްޓަމަރުންގެ ބޭނުންތަކަށް އަމާޒުކޮށްގެން ގެންނަ ތަކެއްޗެވެ.

ދަމާސް ރިސޯޓްވެއާއިން ވިއްކާ ތަކެއްޗަކީ ރާއްޖޭގެ މާހައުލާ ގުޅޭ، މޮޅު ބްރޭންޑްތަކުގެ ތަކެއްޗެވެ. އެއީ އިޓަލީ، ސްވިޓްޒަލެންޑް، އިންޑޮނީޝިއާ އަދި ޗައިނާ ފަދަ ގައުމުތަކުގެ ބްރޭންޑްތަކެވެ. އޭގެ ތެރޭގައި އޮޒްޓީ، ލިންކްރިޗް، ވިލްމެކްސް، ސޯލާ އަދި ސްކެބް ފަދަ ބޭރު ގައުމުތަކުގައި ވެސް ނަން ހިނގާ ބްރޭންޑުތައް ހިމެނެއެވެ. ދަމާސް ރިސޯޓްވެއާއިން ވިއްކާ ތަކެތީގެ ދިގު ލިސްޓުގައި ނުހިމެނެނީ ކާބޯތަކެތި އެކަންޏެވެ.

އެއް ފުރާޅެއްގެ ދަށުން، ގިނަ ބާވަތްތައް

ދަމާސް ރިސޯޓްވެއާގެ ޝޯރޫމަށް ބަލައިލާއިރު، ގޭބިސީއަކުން ފެށިގެން ގެސްޓްހައުސްތަކާއި ބޮޑެތި ރިސޯޓު، ކެފޭ އަދި ހޮޓެލްތަކަށް ބޭނުންވާ ފަދަ ތަކެތި އެތަނުން ލިބެން ހުރެއެވެ. އޭގެ ތެރޭގައި ހިމެނޭ މައިގަނޑު ކެޓަގަރީތަކަކީ؛

  • ކަޓްލަރީ އާއި ކްރޮކަރީ
  • ގްލާސްވެއާ އާއި ސެރާމިކް
  • ބަދިގެ ސާމާނު
  • ޝެފް ވެއާ
  • ބެޑިންސް އާއި ލިނެންސް (ބެޑުޝީޓު، މެޓްރެސް ޕްރޮޓެކްޓާ)


މީގެ އިތުރުން ޓޫރިސްޓް ހޮޓާ، ގެސްޓްހައުސް އަދި ރިސޯޓުތަކުން ދޭ ހިދުމަތްތަކުގައި ކޮންމެހެން ބޭނުންވާ ޝަވާ ކެޕް، ލޫފާ، ހޭންޑް އެންޑް ބޮޑީ ލޯޝަން އަދި ޝަވާ ޖެލް ފަދަ ގިނަ އުފެއްދުންތައް ދަމާސް ރިސޯޓްވެއާގެ "އެމީނަޓީޒް" ޕޯޓްފޯލިއޯގައި ހިމެނެއެވެ.


އައުޓްޑޯ ފަރުނީޗަރު: މޮޅު ޕްލާސްޓިކް ޕޮލީޕްރޮޕްލިން އަދި ޓީކުގެ އުފެއްދުންތައް

ބަދިގެ ސާމާނުގެ އިތުރުން ފަތުރުވެރިންނަށް ހިދުމަތް ދޭ ތަންތަނުގައި ބޭނުން ކުރާ ފަރުނީޗަރު ވެސް ދަމާސް ރިސޯޓްވެއާއިން ލިބެން ހުރެއެވެ. އޭގެ ތެރޭގައި ބީޗް އަމްބްރެއްލާ، ގޮނޑި އަދި މޭޒު ފަދަ ތަކެތި ހިމެނެއެވެ. މި ތަކެއްޗަކީ ގެތަކުގެ ޓެރަހުގައި ވެސް ބޭނުން ކުރެވޭ ތަކެއްޗެވެ.

އެ ތަކެތީގެ ކޮލެޓީއަށް ބަލާއިރު، ދަމާސްއިން ވިއްކާ ޕްލާސްޓިކް ފަރުނީޗަރު އުފައްދާފައިވަނީ ޕޮލީޕްރޮޕްލިން ޕްލާސްޓިކުންނެވެ. ދިވެހިން އާންމުކޮށް މިޔަށް ކިޔައި އުޅެނީ މޮޅު ޕްލާސްޓިކެވެ. މިއީ އާދައިގެ ޕްލާސްޓިކަށް ވުރެ އުމުރު ދިގު ބާވަތެއްގެ ޕްލާސްޓިކެކެވެ. އާދައިގެ ޕްލާސްޓިކުން އުފައްދާފައި ހުންނަ ގޮނޑިއާއި މޭޒު ފަދަ ތަކެތި އަވީގައި ބެހެއްޓުމުން، އާންމުކޮށް ތިން ވަރަކަށް މަސް ދުވަހުގެ ތެރޭގައި މުރަނަވެ، ރެނދުލުން ފަދަ މައްސަލަތައް ކުރިމަތިވެއެވެ.


ނަމަވެސް، ޕޮލީޕްރޮޕްލިން ޕްލާސްޓިކުގައި މި މައްސަލަ ދިމާވަނީ އެއަށް ވުރެ މާ ދުވަސް ފަހުންނެވެ. އަދި ރޮނގު އެޅުމުގެ މައްސަލަ ވެސް އެތައް ގުނައެއް ކުޑަ ކޮށްދިނުމާއެކު މިއީ ދޭހާ އަތްވެއްގައި އަދި ވެހޭހާ ވާރޭއެއްގައި ވެސް ބޭނުން ކުރަން އެކަށީގެންވާ މޮޅު ޕްލާސްޓިކެކެވެ.

ދަމާސް ރިސޯޓްވެއާއިން ވިއްކާ ޓީކް ފަރުނީޗަރަށް ބަލާއިރު، މިއީ "ޓްރީޓު" ކޮށްފައި ހުންނަ ޓީކުން އުފައްދާފައިވާ ފަރުނީޗަރެވެ. އެހެންކަމުން ޓްރީޓް ނުކޮށް ހުންނަ ޓީކުގައި ދިމާވާ ކަތުރުފަނި އެޅުމުގެ މައްސަލަ، މި ޓީކުގައި ކުރިމަތި ނުވާނެއެވެ.


ފުރިހަމަ ކަސްޓަމާ ސާވިސް

ދަމާސް ރިސޯޓްވެއާއަކީ، މުދާ ގަންނަ ހިސާބުން ކަސްޓަމަރު ދޫކޮށްލާ ތަނެއް ނޫނެވެ. ކަސްޓަމަރުން މުދާ ގަންނަތާ ހަފުތާއެއް ފަހުން، ދަމާސްއިން އެ ކަސްޓަމަރަކަށް ގުޅައި، ކަސްޓަމަރުގެ ފީޑްބެކް ހޯދައެވެ. އަދި އެއްވެސް އެ ޕްރޮޑަކްޓަކާ ގުޅޭ ޓެކްނިކަލް އެހީތެރިކަން ބޭނުންވާ ނަމަ، އެ އެހީތެރިކަން ވެސް ފޯރުކޮށްދެއެވެ.


ދަމާސް ރިސޯޓްވެއާއިން ވިއްކާ ތަކެއްޗަށް ބޭނުންވާ ސްޕެއާ ހޯދުމަށް ޓަކައި ވެސް ކަސްޓަމަރުންނަށް އިތުރު ތަނަކަށް ދާން ނުޖެހޭނެއެވެ. ކަސްޓަމަރުން ދަމާސް ރިސޯޓްވެއާއިން ގަންނަ ބްރޭންޑުތަކަށް ބޭނުންވާ ސްޕެއާ ޕާޓްތައް، ސީދާ އެތަނުން ގަންނަން ލިބޭނެއެވެ.

ދަމާސް ރިސޯޓްވެއާއިން ގަންނަ ތަކެތި މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ ހުރިހާ ތަނަކަށާއި ބޯޓު ފަހަރާ ހަމައަށް އެއްވެސް އަގަކާ ނުލައި ޑެލިވާ ކޮށްދެއެވެ. ދަމާސް ރިސޯޓްވެއާގެ ޝޯރޫމް ހުންނާނީ، ކޮލި އުމަރު މަނިކު ގޯޅީގައި ހުންނަ މެރީނާ ބިލްޑިންގެ ތިރީގައެވެ.


ޝޯރޫމް ހުޅުވާފައި ހުންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ވެސް ހެނދުނު 09:00 އިން ހަވީރު 06:00 އާ ހަމައަށެވެ. ޝޯރޫމް ހުޅުވާފައި ހުންނަ ގަޑިތަކުގައި އެތަނުގެ ނަންބަރު 3328104 އަށް ގުޅައިގެން ނުވަތަ [email protected] އީމެއިލް ކޮށްލުމުން ވެސް އިތުރު މައުލޫމާތު ހޯދޭނެއެވެ.


ޝޯރޫމް ބަންދުކޮށްފައި ހުންނަ ގަޑިތަކުގައި ދަމާސްގެ އީކޮމާސް ޕްލެޓްފޯމް، ދަމާސް އެކްސްޕްރެސްއިން ވެބްސައިޓު އަދި މޯބައިލް އެޕް މެދުވެރިކޮށް ވެސް މުދަލުގެ އަގުތަކާއި މައުލޫމާތު ކޮންމެ ގަޑިއެއްގައި ވެސް ބަލައިލެވޭނެއެވެ.

comment ކޮމެންޓް