އަހަރަކަށްވުރެ ގިނަ ދުވަސްފަހުން ފަތުރުވެރިންނަށް އިންޑިއާ ހުޅުވާލަނީ

ކޮވިޑް-19އާ ގުޅިގެން ފަތުުރުވެރިންނަށް އިންޑިއާގެ ބޯޑަރު ބަންދުކޮށްފައި އޮންނަތާ އަހަރަކަށްވުރެ ގިނަ ދުވަސްފަހުން އަންނަ ހަފްތާގައި އެ ގައުމު ހުޅުވާލަން ނިންމައިފިއެވެ.

އެގައުމުގެ ޔޫނިއަން މިނިސްޓާ އޮފް ސްޓޭޓް ފޯ ޓޫރިޒަމް ޝްރިޕާދް ނައިކް ވިދާޅުވީ އިންޑިއާއިން ބައިނަލްއަގްވާމީ ފްލައިޓުތަކުގައި ފަތުރުވެރިންނަށް ދަތުރު ކުރުމުގެ ހުއްދަ ވަރަށް އަވަހަށް ދޭން ފަށާނެ ކަމަށެެވެ.

ޝްރިޕާދް ނައިކް މިހެން ބުނެފައިވަނީ ގާންދީ ޖަޔާންތީ ފަންކްޝަނެއްގެ ތެރެއިންނެވެ.

ޝްރިޕާދް ނައިކް ވިދާޅުވީ މި މަހުގެ 15 ހިސާބުގައި އިންޑިއާއަށް ބައިނަލް އަގްވާމީ ފްލައިޓު ތަކުގައި ފަތުރުވެރިން އެގައުމަށް ދިއުމުގެ ހުއްދަ ދޭނެ ކަމަށް ލަފާކުރާކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ ވަރަށް އަވަހަށް އެގައުމަށް ބައިނަލް އަގްވާމީ ފްލައިޓުތަށް ދަތުރު ކުރުމަށް ހުއްދަ ދެވޭ ވާހަކަ އިއުލާން ކުރާނެ ކަމަށެވެ.

މީގެ އިތުރުން، ޗާޓާ ފްލައިޓުތައް ވަކި ތާރީހެއްގައި އަލުން ފަށަން އިންޑިއާގެ ސަރުކާރުން މިހާރު އެދިފައިވާކަމަށް ޝްރިފާދް ވިދާޅުވިއެވެ.

އިންޑިއާ އަށް ފަތުރުވެރިން ދިއުން މެދުކެނޑިފައިވަނީ ދުނިޔޭގައި ހަލުވިކަމާއެކީ ފެތުރެމުންދާ ކޮވިޑް-19އާ ގުޅިގެން އެޅި ފިޔަވަޅުތަކާއެކު އެ ގައުމުގެ ބޯޑަރު މިދިޔަ އަހަރުގެ މާޗް މަހު ބަންދު ކުރުމުންނެވެ.

comment ކޮމެންޓް