އެއާޕޯޓުގައި ދުއްވައިފައި ދިޔަ ކާރެއް އެކްސިޑެންޓުވެ، ތިން މީހަކަށް އަނިޔާވެއްޖެ

ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓުގައި ހިނގި އެކްސިޑެންޓު -- ފޮޓޯ/ ސޯޝަލް މީޑިއާ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ދުއްވައިފައި ދިޔަ ކާރެއް އެކްސިޑެންޓްވެ ތިން މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ކާރު އެކްސިޑެންޓް ވީ ކޮންޓްރޯލް ނުވެގެން ފެންސް ފަޅާފައި ގޮސް ވޯކްވޭ މައްޗަށް ޖެހިގެން ކަމަށެވެ. އަދި މިކަމުގެ ރިޕޯޓް ފުލުހުންނަށް 15:28ހާއިރު ލިބިފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

ހަމައެހެންމެ މި އެކްސިޑެންޓުގައި ތިން މީހަކަށް އެކި ވަރުގެ އަނިޔާވެފައިވާ ކަމަށާއި އަނިޔާވީ ތިން ފިރިހެނުންނަށް ކަމަށް ފުލުހުން ބުނެފައިވެއެވެ.

އަނިޔާވި ތިން މީހުނަށް މިހާރު އެއާޕޯޓް މެޑިކަލް ޕޮއިންޓުގައި ފަރުވާ ދެމުންދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

މި އެކްސިޑެންޓްގެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. އަދި އެކްސިޑެންޓުގައި އަނިޔާވި ތިން މީހުންގެ މައުލޫމާތު އަދި ދެވެން ނެތް ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

comment ކޮމެންޓް