ފުލުފުލުގައި ފިލްމުތަކަށް ތާރީހު ދޭތީ ކަންގަނާ ރުޅިގަދަވެއްޖެ

ކަންގަނާ ރަނައުތު---

ފުލުފުލުގައި ފިލްމު އަޅުވަން ތާރީހު ދޭތީ ބޮލީވުޑްގެ އެންމެ ނުފޫޒުގަދަ ބަތަލާ ކަންގަނާ ރަނައުތު ރުޅި އަތުވެއްޖެއެވެ.

އިންޑިއާގެ ސިނަމާތައް މި މަހު 22 ވަނަ ދުވަހު ހުޅުވާނެކަން އިއުލާންކުރި ހިސާބުން ފެށިގެން ބޮލީވުޑްގައި ރިލީޒް ނުކުރެވި ހުރި ފިލްމުތަކަށް ތާރީހުތައް އަންނަނީ ދެމުންނެވެ. މިހާތަނަށް ޖުމްލަ 10 ފިލްމަކަށް ތާރީހު ދީފައިވާއިރު އޭގެ ތެރެއިން ގިނައީ އަންނަ އަހަރު ސިނަމާތަކުގައި އަޅުވަން ތާވަލްކޮށްފައިވާ ފިލްމުތަކެވެ.

ބަތަލާ ބުނީ ފުލުފުލުގައި ތާރީހުތައް އިއުލާން ކުރުމުގެ މާބޮޑު ބޭނުމެއް ނެތް ކަމަށެވެ.

"އަހަރެމެން މިއީ ކަމެއް ނެތިފައި ތިބޭ ބައެއް ނޫން. އަހަރެމެން މިއީ ސޯލޯ މީހުން. އަހަރުންނަކަށް އެކަށީގެންވާ ވަރަށް ސިނަމާތަކެއް ނުލިބޭ ފިލްމު އަޅުވަން. އެކަމަކު ބޮޑެތި ފިލްމު ކުންފުނިތަކުން ފިލްމެއް އަޅުވަން ބޭނުންވަންޏާ ސިނަމާތައް ވެސް ހުޅުވަންވީ،" ކަންގަނާ ބުންޏެވެ.

ދާދިފަހުން ކަންގަނާގެ "ތަލައިވީ" ވަނީ ދައްކާފައެވެ. އެ ފިލްމަށް ތައުރީފު ނުކުރުމުން ވެސް ކަންގަނާ ވަނީ ގިނަ ބަޔަކަށް ފާޑު ކިޔާފައެވެ. އާންމުން ބުނާ ގޮތުގައި ކަންގަނާގެ ރުޅިގަނޑު އެ ބާލަނީ އެ ކަމަށެވެ.

ތަލައިވީއަށް ލިބުނީ ފަސް ތަރިން ތިން ތަރީގެ ރޭޓިންއެކެވެ. އެންމެންވެސް ބުނަމުން އައީ ފިލްމުގެ ޓްރެއިލާއާ އަޅާބަލާއިރު ފިލްމު ވަރުގަދަ ނޫން ކަމަށެވެ.

އެ ފިލްމަކީ ޓަމިލް ނާޑޫގެ ކުރީގެ ޗީފް މިނިސްޓަރު ޖޭ ޖަޔާލަލީތާގެ ހަޔާތުގެ މައްޗަށް އުފައްދި ފިލްމެކެވެ.

comment ކޮމެންޓް