ހުމާއި ރޯގާ ގިނަވެ، އޭޑީކޭގައި އެކަމުގެ ފަރުވާއަށް ޑިޕާޓްމަންޓެއް ހާއްސަކޮށްފި

މެއި 14، 2020: އޭޑީކޭ ހޮސްޕީޓަލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލެ ސަރަހައްދުގައި ވައިރަލް ހުމާއި ރޯގާ ފެތުރުން އިތުރުވުމުގެ ސަބަބުން އޭޑީކޭގައި އެކަމުގެ ފަރުވާއަށް ޑިޕާޓްމަންޓެއް ހާއްސަ ކޮށްފިއެވެ.

އޭޑީކޭއިން ބުނީ ހުމުގެ ޖެނެރަލް ހޯޕީޑީ ހުންނާނީ އެ ހޮސްޕިޓަލުގެ އެތެގޭގައި ކަމަށެވެ.

ކޮންމެ ދުވަހަކު ވެސް ހަވީރު 04:00 އިން ފެށިގެން ރޭގަނޑު 10:00 އަށް ފްލޫ ކްލިނިކްގެ ހިދުމަތްލިބޭނެ ކަމަށް އޭޑިކޭއިން ބުނެއެވެ.

ހުން އަހިސް، ކެއްސާ އަދި ރޯގާގެ އެއްވެސް އަލާމާތެއް ހުރިހަމަ އެ ހޮސްޕިޓަލުގެ ހުމުގެ ޖެނެރަލް އޯޕީޑީއަށް ދެއްކުމަށް އެ ހޮސްޕިޓަލުން އެދެއެވެ.

އެޗްޕީއޭއިން މީގެ ކުރިން ބުނެފައިވާ ގޮތުގައި މާލެ ސަރަހައްދުގައި ވޭތުވެދިޔާ ތިން މަސް ތެރޭގައި ވައިރަލް ހުމާއި ރޯގާ ފެތުރުން ވަނީ ވަރަށް ބޮޑުތަނުން އިތުރުވެފައެވެ.

މާލެ ސަރަހައްދުގައި ވައިރަލް ހުމާއި ރޯގާ ފެތުރުން އިތުރުވުމުގެ ސަބަބުން އައިޖީއެމްއެޗުގައި ވެސް ފްލޫ ކްލިނިކެއް ހުޅުވަން މިދިޔަ މަހުގެ ފަހުކޮޅު އެ ހޮސްޕިޓަލުން ވަނީ ނިންމާފައެވެ.

އައިޖީއެމްއެޗުން ބުނިގޮތުގައި ފްލޫ ކްލިނިކް ހުޅުވަން ނިންމާފައިވަނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކުރީގެ އިމާރާތުގައެވެ.

comment ކޮމެންޓް