ސުލްތާން މަރުވީ ދުވުމެއްގެ ތެރެއިން، ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި

އިންޑިއާއަށް ސިފައިންގެ ޓްރޭނިންއަށް ގޮސް އުޅެނިކޮށް މަރުވި މުހައްމަދު ސުލްތާން އިބްރާހިމް--

ރާއްޖެއިން ބޭރުގައި ތަމްރީނު ފުރިހަމަކުރަމުންދަނިކޮށް މިއަދުގެ މެންދުރުގެ ވަގުތެއްގައި މަރުވި ލާންސް ކޯޕްރަލް މުހައްމަދު ސުލްތާން އިބްރާހިމް މަރުވީ ދުވުމެއް ފުރިހަމަކުރަމުން ދަނިކޮށް ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އުމުރުން 22 އަހަރުގެ ސުލްތާންގެ މަރާ ގުޅިގެން އެމްއެންޑީއެފުން ނެރުނު ބަޔާނުގައި ބުނީ ސުލްތާން ފުރިހަމަ ކުރަމުން އައީ ޕޫނޭ ނޭޝަނަލް ޑިފެންސް އެކެޑެމީގައި ކުރިއަށް ގެންދިޔަ 145 ވަނަ އޮފިސަރ ކެޑޭޓް ކޯސް ކަމަށެވެ.

ސުލްތާން މަރުވެފައިވަނީ ނޭޝަނަލް ޑިފެންސް އެކެޑެމީގެ، ކޭމްޕް ގްރީންހޯންގައި މިއަދު އޮތް އެންޝިއުރެންސް ދުވުމެއް ފުރިހަމަ ކުރަމުންދަނިކޮށް ކަމަށާއި ދުވުމުގެ ތެރެއިން ސުލްތާން ވެއްޓުމާއެކު އޭނާއަށް އިމަޖެންސީގައި ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ނެރުނު ބަޔާނުގައި އިތުރަށް ބުނީ ހޮސްޕިޓަލަށް ގެންދެވުނުއިރު ވެސް ސުލްތާން މަރުވެފައިވާ ކަމަށެވެ.

ލާންސް ކޯޕްރަލް މުހައްމަދު ސުލްތާން އިބްރާހިމް ސިފައިންގެ ހިދުމަތާ ގުޅިފައިވަނީ 2018 ވަނަ އަހަރުގެ އޭޕްރިލް މަހުގެ އަށް ވަނަ ދުވަހުއެވެ. ތިން އަހަރު ދުވަހުގެ ކޯހަށް އިންޑިއާއަށް ދިއުމުގެ ކުރިން ސުލްތާން މަސައްކަތް ކުރަމުން އައީ އިންޓަގްރޭޓެޑް ހެޑްކުއާޓާޒްގައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން އަންނަނީ ސުލްތާންގެ ހަށިގަނޑު މާލެ ގެނައުމަށް ކުރަން ޖެހޭ މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް

comment އަހަރެމެން

4 year 7 month ago

ވެއްޓުނީ މަރުވެގެން ވިއްޔާ މަރުގެ ސަބަބަކީ ދުވުމެށް ނޫން. މިކަން ތަހްގީގްކޮށް ވީގޮށް ބަލަންޖެހޭނެ.

comment ޥަފާއްތަ

4 year 7 month ago

ޥެކްސިން ޑެތް އެއްތޯ ބަލަންޖެހަެނެ

comment އިބުރާ

4 year 7 month ago

ވެކްސިން ޖަހާފަތަ ހުރީ؟ ކޮވިޑުގެ ވެކްސިން ޖަހަން ފެށިފަހުން ކިތައް މީހުން މިހެން މަރުވެދަނީ؟ ސިކުނޑި ހުޅުވާ. އަދިި މިހާތަނަށް އެއްވެސް ދިރާސާއެއް ނުކުރޭ