އައްޑޫގައި ތޫނު އެއްޗަކުން ހަމަލާދިން މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫ ސިޓީ، ހުޅުމީދޫ

މިދިޔަ ހުކުރު ދުވަހު، ހުކުރު ގަޑީގައި އައްޑޫ ސިޓީގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމް ކޮށްލި މައްސަލައިގައި 31 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފިއެވެ.

އައްޑޫ ސިޓީ ފްލެޓު ސަރަހައްދުގައި ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން ޒަހަމްވީ ހިތަދޫއަށް ނިސްބަތްވާ އުމުރުން 29 އަހަރުގެ ފިރިހެނެކެވެ.

އެ މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން މީހަކު ހައްޔަރު ކުރީ ރޭގެ ވަގުތެއްގައި ކަމަށް ފުލުހުން ބުންޏެވެ.

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ސީނިއާ ކަސްޓަމާ ރިލޭޝަންސް އޮފިސަރު ޝާފީ މުހައްމަދު "ސަން" އަށް ވިދާޅުވީ އެ ހަމަލާގައި ޒަހަމްވި މީހާ އިތުރު ފަރުވާއަށް މާލެ ގެނެސްފައިވާ ކަމަށެވެ.

އެ ހުކުުރު ދުވަހުގެރޭ އައްޑޫސިޓީގައި ދެވަނަ މާރާމާރީއެއް ވެސް ހިންގާފައިވެއެވެ. އެ މާރާމާރީގައި ސައިކަލުގައި ދިޔަ، އުމުރުން 27 އަހަރުގެ ފިރިހެނަކާއި 23 އަހަރުގެ އަންހެނަކަށް ހަމަަލަދީ ޒަހަމް ކޮށްފައިވެއެވެ.

އެ ހާދިސާއާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

ޝާފީ ވިދާޅުވީ، އެ ހަމަލާ އަމާޒުވި ދެމީހުނަށް ލިބިފައި ވަނީ ކުޑަ އަނިޔާއެއްކަމުން، ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު ދެމީހުންވެސް ދޫކޮށްލާފައިވާ ކަމަށެވެ.

comment ކޮމެންޓް