ސީއެޗްއެސްއީގެ އިސްލާމް ޓީޗަރެއް ކުއްލި ގޮތަކަށް ނިޔާވެއްޖެ

ސީއެޗްއެސްއީގެ އިސްލާމް ޓީޗަރު ސުއޫދު މުހައްމަދުފުޅު

ތައުލީމީ ދާއިރާއަށް އަގުހުރި ހިދުމަތްތަކެއް ކުރައްވާފައިވާ އިސްލާމް ޓީޗަރެއް ކަމަށްވާ ސުއޫދު މުހައްމަދުފުޅު ކުއްލިގޮތަކަށް ނިޔާވެއްޖެއެވެ.

މީގެ 22 އަހަރު ކުރިން ތައުލީމީ ދާއިރާގައި މަސައްކަތް ކުރައްވަން ފެއްޓެވި ސުއޫދު އެންމެ ފަހުން ހުންނެވީ ސީއެޗްއެސްއީގެ އިސްލާމް ޓީޗަރެއްގެ ގޮތުގައިއެވެ. އޭގެ ކުރިން އޭނާ ވަނީ އަމީނިއްޔާ ސްކޫލްގައި މަސައްކަތް ކުރައްވާފައިއެވެ.

ސީއެޗްއެސްއީގައި ސުއޫދު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 19 އަހަރު ކުރިންނެވެ. އަދި އޭނާ ވަނީ އެ ސްކޫލްގެ އިސްލާމް ޑިޕާޓުމެންޓުގެ ހެޑްގެ ގޮތުގައިވެސް މަސައްކަތް ކުރައްވާފައިއެވެ.

އުމުރުން 52 އަހަރުގައި ސުއޫދު ކުއްލި ގޮތަކަށް ނިޔާވުމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެ މިނިސްޓްރީ އާއި މިނިސްޓްރީގެ އިސްވެރިންނާއި މުވައްޒަފުންގެ ފަރާތުން ސުއޫދުގެ އާއިލާއަށް ތައުޒިޔާ ކިޔާފައެވެ. އަދި ސުއޫދު ނިޔާވުމަކީ އެޑިއުކޭޝަން ދާއިރާއަށް ލިބުނު ފުން ހިތާމައެއް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ސުއޫދުގެ ކަށުނަމާދު ކުރަން ހަމަޖެހިފައިވަނީ މިއަދު އަސްރު ނަމާދަށް ފަހު މަސްޖިދުލް ފުރުގާންގައިއެވެ.

comment ކޮމެންޓް