ރާއްޖޭގެ ޖަލުތަކުގައި ހިންގާ ޓޯޗާގެ އަމަލުތަކާމެދު ރަނގަޅު ތަހުގީގެއް ހިންގުމަށް އެމްނެސްޓީން ގޮވާލައިފި

މާފުށި ޖަލު -- ފޮޓޯ/ވީނިއުސް

ރާއްޖޭގެ ޖަލުތަކުގައި ތިބޭ ގައިދީންނާ މެދު ހިންގާ ޓޯޗާގެ އަމަލުތައް ހަރުދަނާ ގޮތެއްގައި ތަހުގީގުކުރުމަށް އެމްނެސްޓީ އިންޓަނޭޝަނަލުން ގޮވާލައިފިއެވެ.

އެމްނެސްޓީން ރާއްޖޭގެ ޖަލުތަކުގެ ހާލަތާމެދު ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރެފައިވަނީ މި ފަހުން ޖަލުތަކުގައި ހިނގި ބައެއް ހާދިސާތަކާ ގުޅިގެންނެވެ.

އެގޮތުން މި ބަޔާނުގައި ވަނީ ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދިޔަ ގައިދީއެއްގެ ކުއްލި މަރާ ގުޅިގެންނާއި މާފުށީ ޖަލުގައި ގައިދީއެއްގެ ގަޔަށް ހޫނު ފެން ޖެހި މައްސަލައާއި ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެމްނެސްޓީން ނެރުނު ބަޔާނުގައި ވަނީ ގައިދީގެ މަރާއި ހޫނު ފެންޖެހިކަމަށް ބުނާ މައްސަލައާ ގުޅޭގޮތުން ތަހުގީގެއްް ހިންގުމަށް ގޮވާލާފައެވެ.

"ގައިދީއެއްގެ މަރުގެ ހާދިސާގައި މަރުގެ ސަބަބު އެނގެން ނެތުމަކީ އެކަމުގައި ވަރަށް ޖަލުތަކުގައި ތިބޭ ގައިދީންގެ އިންސާނީ ހައްގުތައް ކަށަވަރުވާކަމާމެދު ސީރިއަސް ކަންބޮޑުވުންތަކެއް އުފެދޭ ކަމެއް،" އެމްނެސްޓީގެ ސައުތު އޭޝިއާ ކެމްޕެއިނާ ސާދް ހައްމާދީ ވިދާޅުވިއެވެ.

ހަމައެއާއެކު އެމްނެސްޓީން ބުނީ ރާއްޖޭގެ ޖަލުތަކަކީ ޓޯޗާކުރުމުގެ ސަގާފަތަކާއި އެކަމުގެ ތާރީހެއް އޮތް ތަނެއްކަމަށެވެ. އަދި އެހެންކަމުން އެކަންކަން ތަހުގީގުކުރުމަށް އެމްނެސްޓީން ވަނީ ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް