ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ ފުލުހަކު ސަސްޕެންޑް ކޮށްފި

ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ ފުލުސް މީހާ ހައްޔަރު ކުރުމަށް ގޮވާލައި ކުރި އިހުތިޖާޖުގެ ތެރެއިން --- ފޮޓޯ/ ސޯޝަލް މީޑިއާ

އައްޑޫސިޓީގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ ފުލުހަކު ސަސްޕެންޑް ކޮށްފިއެެވެ.

ސަސްޕެންޑް ކޮށްފައި ވަނީ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ނަޒުމީނެވެ. އެނާއަކީ އައްޑޫސިޓީގެ ފޮރެންސިިކް ޑިޕާޓްމެންޓުގައި މަސައްކަތް ކުރަމުން އައި ފުލުހެކެވެ. އެނާ ހައްޔަރު ކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހެވެ.

ފުލުހުންގެ ހިއުމަން ރިސޯސް ޑިވިލޮޕްމަންޓްގެ ވެރިޔާ، ސްޕްރިންޑެންޓް އޮފް ޕޮލިސް އަހުމަދު މުސްލިމް ސޮއިކުރައްވާފައިވާ އެންގުމެއްގައި ވާގޮތުން އޭނާ ސަސްޕެންޑް ކޮށްފައިވަނީ މުސާރަ ނުލިބޭ ގޮތަށެވެ.

އެނާ ސަސްޕެންޑް ކުރީ ފުލުހުންގެ ވަޒީފާއާ ބެހޭ ގަވާއިދުގެ 65 ވަނަ މާއްދާގެ (ނ) އަށް ރިއާޔަތްކޮށެވެ.

އައްޑޫސިޓީ ހިތަދޫން ދާދި ފަހުން އަންހެން ކުއްޖަކާ ބެހުނު މައްސަލައެއް ފެންމަތިވުމުން އެ ރަށުގެ ރައްޔިތުން ވަނީ އިހުތިޖާޖު ކޮށްފައެވެ. އެ އިހުތިޖާޖުގައި އަންހެން ކުއްޖާއަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ ފުލުސް މީހާ ހައްޔަރު ކުރުމަށް ވެސް ވަނީ ގޮވާލާފައެވެ.

comment ކޮމެންޓް