މި ދެމަފިރިން ކައިވެނި ކުރީ މަސްތަކާއެކު ޓޭންކެއްގައި

އިނގިރޭސި ވިލާތުގެ ފީނުމަށް ލޯބިކުރާ، ލިސާ ހަގިންސް އަދި ކުރިސްޓޮފާ ޖެކްސަން އެކި ވައްތަރުގެ މަސްތަކާއެކު ޓޭންކެއްގައި ކައިވެނި ކޮށްފިއެވެ.

މި ދެމަފިރިންނަކީ ވަރަށް ކުރީއްސުރެވެސް މޫދުދެކެ ލޯބިވާ އަދި ފީނުމަށް އަބަދުވެސް ޝައުގުވެރިކަން ހުންނަ ދެމީހުންނެވެ. އެ ދެމަފިރިން ކައިވެނި ކޮށްފައިވަނީ ބެއާ ގްރިލްސް އެޑްވެންޗާ ސެންޓާގައި ހުންނަ 864000 ލީޓަރުގެ ޓްރޮޕިކަލް އޯޝަނޭރިއަމް އެއްގަ އެވެ.

މި ޓޭންކުގައި ތަފާތު އެކިވައްތަރުގެ މަސްތައް ހިމެނެ އެވެ. އޭގެރޭގައި ބްލެކްޓިޕް ރީފް ޝާކް ވެސް ހިމެ އެވެ. ހަަމައެެހެންމެ ހަގިންސް ބުނެފައިވަނީ އެއީ މީގެ ފަސް އަހަރު ކުރިން ވެސް ދެކެމުން އައި ހުވަފެނެއް ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު