ޖާބިރުއާއި ދިޔާނާއާ ދޭތެރޭ މައްސަލައެއް ނެތް، ކައިވެނި ރުޖޫއަކޮށްފި

ޖާބިރު އާއި ދިޔާނާ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އާއި ކުރީގެ ބަންޑާރަ ނައިބު ފާތިމަތު ދިޔާނާ ސައީދުގެ ކައިވެނި ރުޖޫއަކުރަން ނިންމައިފިއެވެ.

ކައިވެނިބައްލަވައިގެން އުޅޭތާ 15 އަހަރު ފަހުން އެ ދެމަފިރިން ވަކިވިކަން ހާމަކޮށްފައިވަނީ މިދިޔަ އޮގަސްޓު މަހުގެ ތެރޭގައެވެ.

ކައިވެނި ރުޖޫއަކުރުމާ ގުޅޭ ގޮތުން ޖާބިރު "ސަން" އަށް ވިދާޅުވީ ކައިވެނި ރުޖޫއަ ކުރާނެ ވާހަކައަކީ މާކުރިން ވެސް އެނގެންޖެހޭނެ ވާހަކައެއް ކަމަށެވެ. އަދި ދިޔާނާއާއި ޖާބިރުއާ ދެމެދު މައްސަލައެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ދިޔާނާ އާއި ޖާބިރު އަކީ ދެމަފިރިން ކަމާއި ރުޖޫއަކުރާނެ ކަމާ، މިއީ މާކުރިން ދައްކާފަ ހުރި ވާހަކައެއް ނޫންތޯ." ޖާބިރު ވިދާޅުވިއެވެ.

މީގެ އިތުރުން ދިޔާނާއަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާ ޖާބިރު ވިދާޅުވީ ދިޔާނާއަކީ "ދިވެހިރާއްޖޭގައި ހުރި ނަންބާ ވަން" ކަމަށެވެ. އަދި އެ ދެމަފިރިންގެ ދެމެދުގައި މައްސަލައެއް ނެތް ކަމަށް ތަކުރާރުކޮށް އޭނާ ވިދާޅުވިއެވެ.

ޖާބިރު ވަނީ ރާއްޖޭގެ ރައްޔިތުން އެ ދެ މަފިރިންނަށް ދެއްވާ ލޯތްބާއި އޯގާތެރިކަމާއި ސަމާލުކަމަށް ޝުކުރު އަދާކޮށްފައެވެ.

comment ކޮމެންޓް